English Edition
Dhivehi Edition

އަންނަ އޮކްޓޯބަރު މަހު ގެނައުމަށް ނިންމާފައިވާ ފްލައިމީ ސީޕްލޭންތަކުގެ ޑިޒައިންތައް ދައްކާލައިފި އެވެ.

ފްލައިމީން ދަތުރުކުރާ ދަތުރުވެރިންނަށް ފުލައިމީ މެގަޒިން އިން 4 ސީޕްލޭންގެ ޑިޒައިން މިހާރުފެންނަހުރެއެވެ.

ސީޕްލޭން ޑިޒައިން ކޮށްފައިވަނީ ދިވެހި ކަނޑުފަޅުގައި ދިރިއުޅޭ މަސްތައް އަސްލަކަށް ބަލައިގެންނެވެ. އޭގެތެރެގައި، ފަންހާމަހާއި ރީންދޫ އުރަހަ ކަންނެލީ ގެއިތުރުން ފެހުރިހީ ގެ ޑިޒައިންތައް ހިމެނެއެވެ. “ފްލައިން ޔެލޯފިން ޓޫނާ” ގެ ނަންދީފައިވާ ސީޕްލޭން ޑިޒައިން ވީޑިއޯމެދުވެރިކޮށް ފްލައިމީގެ ފޭސްބުކް އެކައުންޓް މެދުވެރިކޮށް ފޮލޯވަރުންނަށް އެ ޑިޒައިން ވަނީ ދައްކާލަފައެވެ.

ސީޕްލޭން ދަތުރުތައް ފެށުމަށްޓަކާ ޓްވިން އޮޓާ 300 ސީރީޒްގެ 4 ބޯޓު އޮކްޓޯބަރު މަހު ގެނައުމަށް ނިންމާފައިވާ ކަމަށް ފްލައިމީން ބުނެއެވެ. ފްލައިމީގެ ސީޕްލޭން ދަތުރުތައް ފެށުމަށް ހަމަޖެހިފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ހަދާ ސީޕްލޭން ޓާމިނަލް ބޭނުންކުރަން ފެށުމުން ކަމަށްވެސް ފްލައިމީން ބުނެއެވެ.

ވިލާ ކުންފުނިން އަންނަނީ ފްލައިމީގެ އިތުރުން އަމިއްލަ އެއާޕޯޓެއް ކަމުގައިވާ ވިލާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގަމުންނެވެ. އެއީ ރާއްޖޭގެ ފުރަތަމަ އަމިއްލަ އެއާޕޯޓްވެސް މެއެވެ. ޑޮމެސްޓިކް ދަތުރުތަކުގައި އޭޓީއާރު 500-72 މަރުކާގެ މަތިންދާ ބޯޓު ދަނީ ބޭނުންކުރަމުންނެވެ.

ފްލައިމީ އިން ރައްޖެއިން ބޭރަށް ދަތުރުތައް ފެށުމުގެ މަސައްކަތް ކުރަމުންއަންނަކަމަށާއި އެމަސައްކަތް ނިމުނުހާ އަވަހަށް އެކަމުގެ މައުލުމަތު ހިއްސަކުރަނެކަމުގައި ފްލައިމީން ބުނެއެވެ.

ޓެގު