English Edition
Dhivehi Edition
????????????????????????????????????

ފްލައިމީން އައްޑޫ އާއި ފުވައްމުލަކަށް ކުރަމުންދާ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލަން ނިންމައިފި އެވެ.

ފްލައިމީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އައްޑޫ އާއި ފުވައްމުލަކަށް ކުރަމުންދާ ދަތުރުތައް މެދުކަނޑާލުމަށް ނިންމާފައިވަނީ އަންނަ ޖޫން މަހުގެ 10 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

ފްލައިމީން ބުނެފައި ވަނީ މިފަހުން އެ އެއާލައިނުގައި މަސައްކަތް ކުރާ ކްރޫން މަދުވުމުން ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އަދި އައްޑޫ އާއި ފުވައްމުލަކަށް ކުރާ ދަތުރުތައް މެދުކަނޑާލަން ނިންމާފައިވަނީ ކްރޫންގެ ދަތިކަމުގެ ސަބަބުން ކަމަށާއި ކްރޫން މަދުވުމުގެ ސަބަބުން ފަސިންޖަރުންނަށްވެސް ދަތިތަކާ ކުރިމަތިވެ އެކަމުގެ ޝަކުވާތައްވެސް އެއާލައިނަށް ލިބިފައިވާ ކަމަށެވެ.އެންމެ ބޮޑަށް ދިމާވެފައިވަނީ ޕައިލެޓުންގެ ދަތިކަން ކަމަށާއި ފްލައިމީން މިހާރުވެސް ޕައިލެޓުން ތަމްރީން ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ. އަދި ވީހާވެސް އަވަހަށް ޕައިލެޓުން މަސައްކަތުގެ މައިދާނަށް ނެރޭނެ ކަމަށް ފްލައިމީން ވަނީ ބުނެފައެވެ.

ފްލައިމީން ބުނެފައިވަނީ ވަރަށް އަވަސް މުސްތަގުބަލެއްގައި އައްޑޫ އަދި ފުވައްމަލަކަށް ކުރާ ދަތުރުތައް މިހާރަށްވުރެ ފެންވަރު ރަނގަޅުކޮށް އަލުން ފަށާނެ ކަމަށެވެ.

 

 

ޓެގު