MDN uvalumah rayyithun kuri ilthimasu aduassava ekan thahugeegukoh a jamuiyya uvaleethee Allah ah hamdhai shukurukuran adhi dhivehi rajjeyge
islamee vahudhathu hifahattan RIMS gengulhuvva hikumaththeri usoolaha marhabakiyan
جزاكم الله خيرا الجزاء pic.twitter.com/BHlrspoMoS— Ilyas Hussain (@shkilyas) November 5, 2019
އެމްޑީއެން އުވާލުމަށް ނިންމާފައިވާ ކަމަށް ބުނެ ޖަމިއްޔާތަކުގެ ބެލެނިވެރިޔާ، ޔޫތު މިނިސްޓްރީ އިން ނެރުނު އިއުލާން އެޓޭޗްކުރައްވައި ކުރެއްވި އެ ޓްވީޓްގައި ޝެއިޚް އިލްޔާސް ވިދާޅުވެފައި ވަނީ އެމްޑީއެން އުވާލުމަށް ރައްޔިތުން ކުރި އިލްތިމާސް އަޑުއައްސަވައި އެކަން ތަޙުޤީޤުކޮށް އެ ޖަމިއްޔާ އުވާލީތީ ﷲ އަށް ހަމްދާއި ޝުކުރު ދަންނަވާ ކަމަށެވެ.
“1/2003 (ޖަމިއްޔާތަކާބެހޭ ޤާނޫނު)ގެ 19 ވަނަ މާއްދާގެ (ހ) އަދި (ށ) އާ ހަވާލާދީ އެ ޤާނޫނުގެ 32 ވަނަ މާއްދާގެ ދަށުން، މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކްގެ ރަޖިސްޓްރީ ބާތިލްކުރުމަށް ނިންމައި، އެކަން 05 ނޮވެމްބަރ 2019 ދުވަހު މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް އަށް ވަނީ އެންގިފައެވެ.”، އެ އިއުލާނުގައި ވެއެވެ.
އަދި އެމްޑީއެން އުވާލުމަށްޓަކައި އެޖަމިއްޔާގެ ދަރަންޏާ މުދަލުގެ އެންމެހައި ކަންކަން ހަމަޖެއްސުމަށް، ޖަމިއްޔާތަކާބެހޭ ޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން 45 ދުވަހުގެ މުއްދަތެއް އެޖަމިއްޔާއަށް ދީފައިވާ ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.