English Edition
Dhivehi Edition
އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި އެ ޕާޓީގެ ވަގުތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އެމްޑީޕީގެ ރައީސްކަމަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.

އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ރައީސްކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ މިއަދުން ފެށިގެން ފެބުރައީ 20 ވަނަ ދުވަހުގެ 14:00 ނިޔަލަށެވެ.

އެ ޕާޓީގެ ރައީސްގެ މަގާމުގެ އިންތިހާބު މާޗް ދެ ވަނަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފައެވެ.

އެމްޑީޕީގެ ރައީސް ކަމުގެ މަގާމު ހުސްވެފައިވަނީ އެ މަގާމުން ރައީސް މުހައްމަދު ނަޝީދު މިދިޔަ އަހަރު އިސްތިއުފާ ދެއްވުމުންނެވެ. ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުން އެ މަގާމުގައި ވަގުތީގޮތުން ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

އެމްޑީޕީން ވަކިވެ ވަޑއިގެން ރައީސް ނަޝީދު ވަނީ ދަ ޑިމޮކްރެޓްސް ޕާޓީއާއި ގުޅުވަޑައިގެންފައެވެ. ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ ދިރިއުޅުން ވަގުތީގޮތުން ގާނާއަށް ބަދަލުކުރައްވައި, ސިޔާސީ ކަންކަމުން ދުރަށް ވަޑައިގަންނަވާފައެވެ.