English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް - ފޮޓޯ: ރިޒްނާ ޒަރީރު

އަންނަ ހަފްތާގެ އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފި އެވެ.

އެގޮތުން ރައީސް އޮފީހުން ބުނީ 10 ނޮވެމްބަރ 2019 ވާ އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހަމަޖައްސަވާފައިވާ ކަމަށެވެ.

އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވަނީ، ކީރިތި ރަސޫލާ (صلّى اللّه عليه وسلّم) ގެ ޢީދު މީލާދު މި އަހަރު މީލާދީ ގޮތުން ދިމާވަނީ 09 ނޮވެމްބަރ 2019 ވާ ހޮނިހިރު ދުވަހަށްވެފައި، 11 ނޮވެމްބަރ 2019 އަކީ ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަސް ކަމަށްވާތީއެވެ. ކީރިތި ރަސޫލާ (صلّى اللّه عليه وسلّم) ގެ ޢީދު މީލާދަކީ ރަބީޢުލްއައްވަލު މަހުގެ 12 ވަނަ ދުވަހެވެ.

އާދީއްތަ ދުވަސް ބަންދުކުރުމާއެކު، އަންނަ ހަފްތާ ބަންދާއެކު ޗުއްޓީގެ ގޮތުގައި ޖުމްލަ ހަތަރު ދުވަސް ލިބޭނެ އެވެ.