English Edition
Dhivehi Edition

އިސްލާމް ދީނަށާއި ކީރިތި ރަސޫލާ محمد صلى اللّه عليه وسلم އަށް ފުރަށްސާރަކުރި މީހުންގެ ދިފާއުގައި ވަކާލާތުކުރި މީހުން ޝަރުތުހަމަވަނީ ކޮން އުސޫލަކުންތޯ ސުވާލުއުފައްދައިފި އެވެ. މިގޮތަށް ސުވާލު އުފައްދާފައި ވަނީ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޚް އިލްޔާސް ޙުސައިން އެވެ.

ޝައިޚް މިއަދު ކުރެއްވި ޓުވީޓެއްގައި މިގޮތަށް ސުވާލު އުފައްދަވާ ވިދާޅުވެފައި ވަނީ ރައްޔިތުން ދަނީ ދީނާއި ދެކޮޅު ފިކުރަށް ނޫނެކޭ ބުނަމުން ކަމަށާއި ވިސްނާ ބަޔަކަށް މިކަމުން އިބުރަތެއް ލިބޭނޭ ކަމަށެވެ.

ޝައިޚް އިލްޔާސް މިގޮތަށް ޓުއީޓެއް ކުރަށްވާފައި މިވަނީ ކްރިމިނަލް ކޯޓުގެ އިސް ޤާޒީ ހައިލަމް އެ ކޯޓުގެ ވައިބާ ގުރޫޕަށް ލާފައިވާ ފޮޓޯއެއްގެ ސަބަބުން ޤާޒީ ހައިލަމް ގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައި ވަނިކޮށެވެ.

މި ކުރެހުމުގައި ފެންނަނީ ނޮވެމްބަރު 3 ގެ ހާއިނުންނާއި ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ކަރުގައި ޗޭނު އަޅުއްވައިގެން ޝަހީދު ހުސެއިން އާދަމް ހިންގަވާ މަންޒަރެވެ.

މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް(އެމްޑީއެން) އިން ކީރިތި ރަސޫލާއަށާއި އިސްލާމް ދީނަށް ފުރަށްސާރަކޮށް ރިޕޯޓެއް ޝާޢިއު ކުރުމުން ދީނީ އިލްމުވެރިންނާއި ރައްޔިތުން ޖެހުނީ އެ މައްސަލަ ބަލައި އެމްޑީއެންއާއި އެ ރިޕޯޓު ލިޔުނު މީހުންނާއި މެދު ފިޔަވަޅު އެޅުމަށް ސަރުކާރަށް އާދޭސް ކުރާށެވެ.