English Edition
Dhivehi Edition

ޝަމްސުއްދީން ސްކޫލް/ލިޔުނީ: ފާތިމަތު މިންހާލް އަހުމަދު

ޝަމްސުއްދީން ސްކޫލްގެ ލިޓިލްމެއިޑް އަދި ކަބުސްކައުޓް ކޭމްޕު އޮކުޓޯބަރ 31 އިން ނޮވެމްބަރ 1 ކަށް އެ ސްކޫލުގައި ބާއްވައިފިއެވެ. ބުރާސްފަތި ދުވަހު ހަވިރު ފަށައިގެން ކުރިއަށް ދިޔަ މި ކޭމްޕު ނިމުނީ ހުކުރުދުވަހު ހަވީރުއެވެ. މިފަހަރު ބޭއްވި ކޭމްޕުގައި 18 ކަބުސްކައުޓުންނާއި 29 ލިޓިލްމެއިޑުންވަނީ ބައިވެރިވެފައިވެއެވެ.

މި ކެޑޭޓް ކޭމްޕް ބޭއްވުމުގެ މަޤުޞަދަކީ ދުނިޔޭގެކަންތައްތަކަށް ލޯ ހުޅުވިފައިވާ، އިސްލާމްދީނާއި ގައުމުދެކެ ލޯބިވާ މުރާލި ހަށިހެޔޮ ކަންކަމަށް އިސްނަގާ ހިތްވަރުގަދަ ދަރިވަރުންތަކެއް އުފެއްދުމެވެ.

މި ކެޑޭޓް ކޭމްޕްގެ ތެރޭގައި ދަރިވަރުންނަށް ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދެވުނެވެ. އެގޮތުން ދަރިވަރުންގެ ބެޖުވާރކު ހެއްދުމާއި ދަރިވަރުން ބައިވެރިކޮށްގެން ކެއްކުމުގެ ހަރަކާތްތަށް ކުރިއަށް ގެންދިއުންފަދަ ކަންތައްތައް ހިމެނެއެވެ.

އަދި މީގެ އިތުރަށް ކޭމްޕައި ބައިވެރިވި ދަރިވަރުންގެ މެދުގައި އޮބްސްޓެކަލް ރޭހަކާއި ޓްރެޝަރ ހަންޓް ކުޅިވަރު ގޭމެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ކޭމްޕު ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ހުރިހާ ދަރިވަރުންނަށް ވަނީ ކޭމްޕް ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓް ހަވާލުކޮށްފައެވެ.