English Edition
Dhivehi Edition

އަންނަ މަހު ބާއްވަން ހަމަޖެހިފައި އޮތް ސްކައުޓް ޖަމްބޮރީ ފަސްކޮށްފި އެވެ.

ނުވަ ވަނަ ޤައުމޯ ސްކައުޓް ޖަމްބޮރީ ފަސްކޮށްފައި ވަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއި އެކީ ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 އާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިދުވަސްވަރު އެކިކަހަލަ ހަރަކާތްތައް ކުރިޔަށް ނުގެންދިއުމަށް އެންގުމާއި ގުޅިގެންނެވެ.

ސްކައުޓް ޖަމްބޮރީ ފަސްކުރުމަށް ނިންމާ އެކަން ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ހުރިހާ ސްކައުޓް ގުރޫޕްތަކަށް އިއްޔެ ވަނީ ފޮނުވައިފަ އެވެ. މިގޮތަށް ސްކައުޓް އެސޯސިއޭޝަން އިން ނިންމާފައި ވަނީ ޤައުމީ ސްކައުންޓް ޖަމްބޮރީ އޯގަނައިޒޭޝަން ކޮމިޓީން މަޝްވަރާ ކުރުމަށް ފަހުގައި އެވެ.

ސްކައުޓް އެސޯސިއޭޝަން އިން ފޮނުވާފައިވާ ސާރކިއުލާގައި ބުނެފައި ވަނީ ޤައުމީ ސްކައުޓް ޖަމްބޮރީ ދެން ބައްވާނެ ތާރީހެއް ކަނޑައަޅާނީ، އެޑިއުކޭޝަން މިނިސްޓްރީން އަންގަވާފައިވާ ގޮތަށް، އެ މިނިސްޓްރީގެ ސްކޫލް ހެލްތު ޔުނިޓް މެދުވެރިކޮށް އެޗްޕީއޭގެ ލަފައެއް ހޯދުމަށްފަހުގައި ކަމަށެވެ. އަދި އެކަމުގެ މަޝްވަރާތައް ނިމުނުހާ އަވަހަކަށް އެކަން ސްކޫލްތަކަށް އަންގާނޭ ކަމަށް އެ ސާކިއުލާގައި ބުނެފައި ވެއެވެ.