English Edition
Dhivehi Edition

ލިޔުނީ: ފާތިމަތު މިންހާލް/ ޝަމްސުއްދީން ސްކޫލް

“ވޯލްޑް ކޯސްޓަލް ކްލީނިން ޑޭ” ފާހަގަ ކުރުމުގެ ގޮތުން މީދޫގެ ޖަމްމިއްޔާ ޖަމާއަތްކާއި ހުޅުމީދޫ މުއައްސަސާތައް ގުޅިގެން ބޭއްވިސާފުކުރުގެ ހަރަކާތުގައި ޝަމްސުއްދީން ސްކޫލް ދަރިވަރުން ބައިވެރިވެއްޖެއެވެ.

އިއްޔެ ހަވީރު ބޭއްވި މި ސާފުކުރުމުގެ ހަރަކާތުގައި ޝަމްސުއްދީން ސްކޫލުގެ “ސްޓާރސް”، “ލިޓިލް މެއިޑްސް” އަދި “ކަބުސްކައުޓް” ހަރަކާތްތަކަށް ނިސްބަތްވާ ގިނަ ދަރިވަރުންތަކެއް ވަނީ ބައިވެރިވެފައެވެ. އިއްޔެ ބޭއްވުނު ސާފުކުރުމުގެ ހަރަކާތް ފަށާފައިވަނީ މީދޫ ކޯގަންނު ސަރަހައްދުން ހަވީރު 4 ޖެހިއިރުއެވެ. ޖުމްލަ ފަސް ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި މީދޫގެ އަތިރިމައްޗާއި ހޭޅިފަށް ވަނީ ސާފުކޮށްފައެވެ.

ހުޅުމީދުއަށް ނިސްބަތްވާ ސްކޫލުތަކުން ގިނަ އަދަދެއްގެ ދަރިވަރުންތަކެއް ވަނީ މި ސާފުކުރުމުގެ ޕްރޮގްރާމްގައި އަމަލީ ގޮތުން ބައިވެރިވެފައެވެ.

ޝަމްސުއްދީން ސްކޫލުން މައުލޫމާތު ދެއްވާ ގޮތުގައި ދަރިވަރުން މިފަދަ ހަރަކާތް ތަކުގައި ބައިވެރިކުރުމުގެ ސަބަބުން އެކުދިންގެ ކިބައިގައި އިޖުތިމާއީ ރޫހު އާލާވެ ތިމާވެށި ހިމާޔަތްކުރުމުގެ ރޫހު އާލާވެގެންދާނެއެވެ.