English Edition
Dhivehi Edition

މާލެއާއި ވިލިމާލެ އާއި ގުޅިފަޅާއި ތިލަފުށި ގުޅާލުމަށް ހަދާ ބްރިޖުގެ މަސައްކަތް ފެށުމަށް އަންނައަހަރުގެ ބަޖެޓުގައި 411 މިލިއަން ރުފިޔާ ހިމަނައިފިއެވެ.

2020ވަނަ އަހަރުގެ ބަޖެޓް ބަޔާން ރައްޔިތުންގެ މަޖިލީހުގައި އިއްވަވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އާމިރު ވިދާޅުވީ މާލެ އާއި ވިލިމާލެ އާއި ތިލަފުށްޓާއި އަދި ގުޅީފަޅު ބުރިޖަކުން ގުޅާލުމުގެ މަޝްރޫއު އަންނަ އަހަރު ފަށަން ނިންމާފައިވާ ކަމަށާއި އެ މަސައްކަތަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި ވަނީ 411 މިލިއަން ރުފިޔާކަމަށެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ ބުރިޖު އެޅުމަށް ކުރަން ޖެހޭ ދިރާސާތައް މިހާރު ވެސް ކުރަމުންދާކަމަށާއި މާލެއާއި ވިލިމާލެއާއި ތިލަފުށްޓާއި ގުޅީފަޅު ބްރިޖަކުން ގުޅާލުމަށް ޔޫއޭއީގެ އަބޫދާބީ ފަންޑުން އެހީވާނެކަމުގެ ޔަޤީންކަން ދީފައިވާކަމަށް، ސަރުކާރުން މީގެ ކުރިން ބުނެފައިވާ ކަމަށެވެ.

މި މަޝްރޫއަކީ އަންނަ އަހަރުގެ ބަޖެޓުގައި ހިންގުމަށް ކަނޑައަޅާފައިވާ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު އެއް މަޝްރޫޢެވެ.