English Edition
Dhivehi Edition
ފޮޓޯ/މަޖްލިސް

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓަށް 366 މިލިއަން ރުފިޔާ އިތުރު ކުރުމަށްފަހު 37.8 ބިލިއަން ރުފިޔާއާއެކު ކޮމިޓީއިން ބަޖެޓް ފާސްކޮށްފިއެވެ. ރޭ ރައްޔިތުންގެ މަޖްލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީގައި މި ބަޖެޓް ފާސްކޮށްފައިވަނީ އެކޮމިޓީގެ އަޣުލަބިއްޔަތުންނެވެ. އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ 37.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓަށް އިތުރު ކުރި 366 މިލިއަން ރުފިޔާގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގައި ހިމެނިފައިވާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާއި އަދި ބައެއް ރިކަރެންޓް ހަރަދު ތަކެވެ. މި ބަޖެޓް އެއްކޮށް ފާސްވާނީ ބަޖެޓް ދިރާސާ ކުރާ ކޮމިޓީއިން އިތުރުކުރި ބަޔާއެކު، އަލުން މަޖްލީހުގެ ތަޅުމަށް ހުށަހަޅައިގެން މަޖްލީހުން ބަޖެޓް ފާސް ކުރުމުންނެވެ. މިއަހަރުގެ ބަޖެޓް އެކުލަވާލެވިފައިވަނީ 5.9 ބިލިއަންރުފިޔާގެ ޑެފިސިޓާ އެކުގައެވެ. އާމްދަނީގެ ގޮތުގައި އަންނަ އަހަރަށް ކަނޑައެޅިފައިވަނީ 29.9 ބިލިއަން ރުފިޔާއެވެ. ބަޖެޓަށް އިތުރު ކުރި އަދަދަށް ފައިސާ ހޯދުމަށް ހަމަޖެހިފައި ވަނީ ޓީބިލް ވިއްކައިގެންނެވެ. އެގޮތުން 929 މިލިއަން ރުފިޔާގެ ޓީބިލް ވިއްކަން ޖެހޭނެ އެވެ.