English Edition
Dhivehi Edition

މިޔަރަކީ ރާއްޖޭގެ ކަނޑުތަކުގައި ހިމާޔަތްކޮށްފައިވާ ދިރުންތަކުގެ ތެރެއިން އެއް ބާވަތެވެ. މިއަރުގެ މަސްވެރިކަން ކުރީގައި ކުރުމުގެ ސަބަބުން މިއަރުގެ ދިރުން ނެތިދާނެ ހިސާބަށް ދިއުމުން ސަރުކާރުން މިޔަރުގެ ހިމާޔަތް ކޮށްފައި ވެއެވެ. މިޔަރު ހިމާޔަތް ކޮށްފައިވާތާ އަހަރުތަކެއް ވެފައިވާއިރު މިހާރު މަސްވެރިންގެ ފަރާތުން އަޑު މީވެނީ މިޔަރުގެ ސަބަބުން މަސްވެރިކަމަށް ގެއްލުންވާ ވާހަކަތަކުގެ އަޑެވެ.

ފޭސްބުކް ޕޭޖެއް ކަމުގައިވާ ދާލު މީދޫ މަސްވެރިންގެ ޕޭޖުން މިވަނީ މިކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ޕޭޖަށް ލާފައި ހުރި ފޮޓޯތަކުން ފެންނަ ގޮތުގައި ބާނާފައި ހުރި މަސްތަކެއް މިޔަރު ހުރީ ކާލާފައެވެ. އަދި މިއީ މިކަހަލަ ކަމެއް ދިމާވި ފުރަތަަމަ ފަހަރު ނޫންކަމަށް ވެއެވެ.

“މިއީވެސް މިޔަދު ބާނާފަ ހުރި ކަންނެލި އެކަމަކު ކީއްކުރާނީ
ބާނާ ހުރިހާ ކަންނެއްޔެއް މިޔަރައް ? ކާން ދީގެން މަސްވެރިން ތިބެންވީ މިޔަރު ނުބާނާ
މިޔަރު ބޭނީމަ ފާފަ ލިބޭތީތަ މިޔަރު ހިމާޔަތް ކުރީ ؟
ކޮންމެޔަކަސް މިޔަރު ބާނަން ވަކި މުދަތެއްދީ އެވެސް ކޮންމެސް ވަރަކައް މަދުކުރަން އިބަ ޖެހެއެވެ.
ރާއްޖޭ ގިނަ މީހުން ބުނާގޮތުން މިހާރު މިޔަރާހެދި ފަރުމަހެއް ކާގިނަފަހަރައް ލިބެނީ މަހުގެ އެއް ފަޅި ނޫނީ ހުސް ކަންވާރެވެ.
މިޔަރު? ހައްދުން ނައްޓައިގެން ގޮސް ގިނަވެގެން ދެންގޮސް މީހުންގެ ގުނަވަނެއް ކާލީމަ ދެން ބުނާނީ ގޯސް ވީ އެމީހާ މޫދައް އެރުނީމައޭ މީ މިހާރު ދުނިޔޭ އާދަ ކާދަ ހުންނަ ގޮތް ގިނަފަހަރައް އިންސާނަކައް ނުލިބޭހައި ހިމާޔަތާ ރައްކާތެރިކަން މިޔަރައް?ވެސް ލިބެއެވެ.” ދާލު މީދޫ މަސްވެރިންގެ ޕޭޖުން ބުނެފައި ވެއެވެ.

މިޔަރަކީ ރާއްޖޭގެ އިޤްތިޞާދަށް އެންމެ ބޮޑު އިންކަމް އެއް ވަންނަ ފަތުރުވެރިކަމާއި ވެސް ގުޅިފައިވާ އެއް ކަނޑުގެ ދިރުމެވެ. ފަތުރުވެރިން ރާއްޖޭގެ ކަނޑު އަޑީގެ ދިރުންތަކުގެ ތެރެއިން އެންމެ ދެކޭހިތްވާ އެކަށްޗަށް މިއަރު ވެފައިވާއިރު އެކި ނަންނަމުގައި މިއަރުގެ މަސްވެރިކަންކޮށް، އަދި އެ ތަކެތި ބޭރަށް އެކްސްޕޯޓް ކުރަން ފެށުމުން ސަރުކާރުން ވަނީ 1998 ވަނަ އަހަރު 10 އަހަރަށް މިއަދުގެ މަސްވެރިކަން ނުކުރުމަށް ވެސް އަންގާފައެވެ.