English Edition
Dhivehi Edition

އިސްލާމްދީނާއި ރަސޫލާ އަށް ފުރައްސާރަކުރި މައްސަލައިގައި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އާ މެދު ހަރުކަށި ފިޔަވަޅު އަޅަން ގޮވާލައި ސަތޭކައަށްވުރެ ގިނަ ކައުންސިލުން ބަޔާން ނެރެފައިވީ ނަމަވެސް އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ ތިން ސިޓީ ކައުންސިލުން ހަމަހިމޭނުން ތިބިކަން މީޑިއާތަކުން ހާމަކޮށްފިއެވެ.

މި މައްސަލައާއި ގުޅިގެން އެމްޑީއެންއާ ދެކޮޅަށް ކޮންމެ ހަފުތާ ބަންދެއްގައި އެކި ރަށްރަށުގައި މުޒާހަރާކޮށް ބަޔާން ނެރެމުން އަންނަ އިރު ، މާލެ ސިޓީ ކައުންސިލާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީ ކައުންސިލުން މިކަމާ ގުޅިގެން އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ.

ރާއްޖޭގައި ޖުމްލަ 200 ކައުންސިލް އޮންނައިރު ރަށު ކައުންސިލާއި އަތޮޅު ކައުންސިލުތައް ވެސް ހިމެނޭ ގޮތުން 124 ކައުންސިލަކުން ވަނީ ބަޔާން ނެރެފައެވެ. އޭގެތެރޭގައި ގިނަ ކައުންސިލްތަކުގެ މެޖޯރިޓީ އޮންނާނީ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީއަށެވެ

ކައުންސިލްތަކުން ނެރުނު ބަޔާންތަކުގައި ބުނެފައި ވަނީ އިސްލާމްދީނާ ދެކޮޅަށް ރިޕޯޓެއް އާއްމުކުރުމުން، ހަމައެކަނި ޖަމިއްޔާއެއް ސަސްޕެންޑް ކުރުމަކީ ފިޔަވަޅެއްގެ ގޮތުގައި ނުދެކޭ ކަމަށެވެ. އެ ރިޕޯޓް ލިޔެ އާއްމު ކުރި މީހުންނާ ދޭތެރޭ ފިޔަވަޅު އަޅައި، ޖަމިއްޔާ ވެސް އުވާލަން ބަޔާންތަކުގައި ގޮވާލާފައިވެ އެވެ.

އެމްޑީއެންގެ މައްސަލައިގައި ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ދެއްވައިފަ އެވެ. އެގޮތުން ދާދިފަހުން ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައިވެސް ރައީސް ވަނީ އިސްލާމްދީނަށް ފުރައްސާރަ ކުރުމުގެ ޖާގަ މި ސަރުކާރުން ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް މިއަދާއި ހަމައަށްވެސް އެމްޑީއެން މައްސަލާގައި އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީ އާއްމުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

1 ކޮމެންޓް
Dhivehi meehaa
އޮކްޓޯބަރު 31, 2019
Fuvah mulakaa Addoo ge baeh meehunnah islaam dheenah vure MDP aa MDN muhimmee kamah vedhaane. Fuvah mulakuga hunna alhugaduge rattessaku buni budhu behetteemaves aharemen India ah ves dhamoa fallhiakah nuvannamo mas alala akee kobaihey. s