އަދަކީ ދިވެހިރާއްދޭގެ ޤައުމީ ދުވަސް. ފުށެތިކާލުންގެ އަޅަވެތިކަމި ދިވެހިރާއްދެ އޮއްވޭލެއި ބޮނޑަތަކުރުފާނު އެވެންނާއި ހަނގަރާންކޮއް އަފިރިންގެ ޤައުމު ސަލާމައް ކޮއް މިނިވަން ކެޑެތާން 460 އަހަރަ ފުރެޱަ ދުވަސް. އެތަކުރުފާނާއި އެތަކުރުފާނާއި އެކީ މަސައްކައް ކެޑެ ރަޙުމައްތެރިންގެ މަތިން މި ދިވެހި ފަސްގަނޑައް އުފަން ކޮންމި ދިވެއްސަކާސް އެހަނދާން އައުކޮއް އެތަކުރުފާނުގެ މަތިވެރި ޒިކުރާ އައުކެރާއް ވީ ދުަވަސް. އެތަކުރުފާނު ކެޑެ އެ އަގަހިށި މަސައްކަތައް ޝުކުރުކޮއް އެމަސައްކަތުން އިބުރައް ޙާޞިލުކެރާއްވީ ދުވަސް.
އަދަ ދިވެހިންނައް މިފެނޭ މިނިވަން ކަމަކީ އެތަކުރުފާނާއި އެތަކުރުފާނާއި އެކީ މަސައްކައް ކެޑެ ރަޙުމައްތެރިންގެ ހިތެ ޤައުމަށްޓަކައި އޮއް މަތިވެރި ލޯއްބާއި ޤައުމީ ރޫހާއި ގައުމީ އެއްބައިވަންތަ ކަމުގެ ނަތީޖާ. ހިއްވަރަގަދަ ކަމާއި ފިނޑިކަމައް އަމުދުން ނެއްކަމުގެ ނަތީޖާ.
އަދަ އަފިރިން އެތަކުރުފާނުގެ ހަނދާން އައުކޮއް ޒިކުރާ އައުކޮއް މިނިވަން ދިދާއި ދަށިތިބެ އުހައު ކެރާކަލަކި އަފިރިންގެ ޤައުމީ ދުވަހުގެ ރޫޙަކައް ވޭއް ވޭޱެއި ގައުމު އަބަދަށަސް މިލެކައް މިނިވަންކޮއް ބޭވުން . މީ އެންމެންނައް އަމާން ސުލްޙަވެރި ތާނކައް ހެދުން
ޤައުމީ ރޫޙު ކަމުގައި ދަކުނައް އެންމެން ބޭޱުންވޭހެއް ކަމައް މަ އުއްމީދުކެރާ ރޫހާއި ގުޅުވައި ދެން މެހެއިސާބުން މި ލިއުމާއި ހިމަނާޱެއި އައްޑޫ ބަހުން ޅެމައް. ޅެމާގެ ނަމަކީ ޤައުމީ ދުވަހުގެ ރޫޙު.
އަފިރިންގެ ކައުބޮފައިން އަފިންނާއި ހަމާއް މި ޤައުމު މިނިވަންކަމާއި އެއްކޮއް ގިނާސް ދިންމެއި އަދަ އަފިރިން މިތިބީ އިހަގަން އުފަލުން. އެކަމަކި އަދަ މި އުފަލި ތިބި ކަލަސް ދިވެހި ފަސްގަނޑުން ފެނެމުން މިއެނީ ގައުމިއްޔަތުގެ ލޯބި ހިތެ އޮއް އެއްވެސް ދިވެއްސަކާ ދަކުނައް ބޭޱުން ނިވޭޱެ ބައެއް ކަހަލެއި މަނޒަރަތައް. އިވޭ އަޑައަޑުނާއި ފެނޭ ކަންކަމުން އެންމެން ތިބެނީ ކަންބޮނޑަ ވެގޮސް. ހިތެ އެތެރެ ބިރިވެރިކަން އުފެދިގޮސް. ހިތައު އަރަނީ އަފިރިންގެ އެތެރެ ހަމަނިޖެހުން އުފެދި ބާކިން ހަމަ ކޮންމި ކަލަކިޔަސް ޖަގަޑާއް ހަދަގަންނަށިޔައު.
ވީމެއި އަދަ މި ޤައުމީ ދުވަހި އަފިރިން އެންމެންގެ ރޫހަކީ އެއް ރޫޙައް ކަމުގައި ހަދަމާ ހިނގައު. އެންމެން އިސްލާމް ދީން މަތިވެރިކޮއް އެކުވެރި ވެގަނުމާ ހިނގައު.