English Edition
Dhivehi Edition

ބައެއް ފަރާތްތަކުން އެއްވެސް އިމެއް، މިނެއް ނެތި މިނިވަންކަން ބޭނުންކުރުމުގެ ނަތީޖާއެއްގެ ގޮތުން ދިވެހީންގެ ގައުމިއްޔަތަށާއި އާންމު ދިރިއުޅުމަށްވެސް އަސަރުކޮށްފައިވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި ގައުމީ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަމުން ރައީސް ސޯލިހް ވިދާޅުވީ އެއް ބަޔަކު ދީނާށާއި ކީރިތި ރަސޫލާއަށް ކުޑައިމީސް ބަސް ބުނަމުންދާއިރު އަނެއް ބަޔަކު ދަނީ ދީނުމުގެ ނަމުގައި ހަރުކަށި ކަންތައްތައް ކުރަން ހިތްވަރު ދެމުންދާކަމަށެވެ.ދީނީ މިނިވަންކަން ނެތުމަކީ، އިންސާނީ ޙައްޤަކުން މަޙްރޫމް ކުރުން ކަމުގައި ދީނަށް ފޔރައްސާރަކުރާ މީހުން ދެކެމުންދާކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ. ” އަނެއް ބަޔަކު ދީނުގެ ނަމުގައި ހައްދުފަހަނައަޅާ ގޮސް، ހަރުކަށި ފިކުރަށް މީހުންގެ ވިސްނުން ބަދަލުކުރަމުން ދޭ. އަދި ދިވެހިންގެ ޒަމާންވީ އާދަކާދަ އާއި ޘަޤާފަތާ ބީރައްޓެހި ގޮތްތައް ޢާންމު ދިރިއުޅުމުގެ ތެރެއަށްވެސް އެފަރާތްތަކުން ވައްދަމުންދޭ.” ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ދީނަށް ފުރައްސާރަ ކުރުމާއި ދީނުގެ ނަމުގައި ހަރުކަށިވުމަށް ދިވެހީން ނޫނެކޭ ބުނަންޖެހޭ ކަމަށާއި އެކަންކަމަށް ސަރުކާރުން ފުރުސަތު ނުދޭނެކަމަށެވެ.”އެހެންކަމުން ދީނުގެ ދިފާއުގައި ކަމަށް ބުނެ، ޓެރަރިސްޓް ހަނގުރާމަތަކުގައި ބައިވެރިވެ، އަމިއްލައަށް މަރުވުމާއި، އެއް ދިވެއްސަކު އަނެއް ދިވެއްސެއްގެ ލޭ އޮހޮރުވައި، ޢާއިލާތައް ބިކަކުރުންފަދަ ކަންކަމަށް އެންމެން އެއް އަޑަކުން، ނޫނެކޭ ބުނަންޖެހޭ” ރައީސް ވިދާޅުވިއެވެ. އެ ކަންކަމަށް ފުރުސަތު ނުދިން ނަމަވެސް ރައްޔިތުންގެ ހައްގުތައް ބޭނުން ކުރެވޭނެ އެންމެ ފުޅާ މިނެއްގައި ބޭނުން ކުރަން ފުރުސަތު ދެއްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސްވަނީ ދިވެހި ރައްޔިތުންނަށް ހަމަޖެހިލައިގެން ދިރިއުޅެން ކުޑަވެސް ފުރުސަތެއް ދިނުމެއް ނެތްތޯ ވިދާޅުވެ ސުވާލުކުރައްވާފައެވެ. “ސުލްހަވެރިކަން އަޅުގަނޑުމެންނާ މިހާ ބީރައްޓެހިވެގެން މި އުޅެނީ ކީއްވެބާއޭ. އަޅުގަނޑު މިއަދު ރާއްޖޭގެ ސިޔާސީ ބޭފުޅުންގެ އަރިހުން އަހާލަން ބޭނުންވަނީ އަޅުގަނޑުމެންގެ ރައްޔިތުން ދުވަސްކޮޅަކަށް ނަމަވެސް ހަމަޖެހިލައިގެން އުޅުމުގެ ފުރުސަތު ދެއްވާކަށް ނުވޭތޯއޭ؟”

ރޭގެ ޖަލްސާގައި ރައީސްވަނީ ރާއްޖޭގައި ތިއްބެވި ދީނީ އިލްމުވެރިންގެ ކިބައިން، ސިޔާސީ ހުޅު ރޯކުރަން ބޭނުންކުރާ ދަރަކަށް ދީން ހެދުމަށް އެއްވެސް ބަޔަކަށް ފުރުސަތު ނުދެއްވުމަށް އެދިވަޑައިގެންފައެވެ.