English Edition
Dhivehi Edition

ޤައުމީ ދުވަހުގެ މުނާޞަބަތުގައި ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 5 ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 21 ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަރުވައިފި‏ އެވެ.

ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސް އެރުވީ، ޝަރަފުގެ އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ފިލައެކެވެ. އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސް އެރުވީ، ހަނދާނީ ފިލައަކާއި، ހަނދާނީ ލިޔުމެކެވެ.

މިއަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު އެރުވި 5 ބޭފުޅުންނަކީ:
1. އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި، ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން:
އަލްމަރްޙޫމް ޑޮކްޓަރ އަފްރާޝީމް ޢަލީގެ ހަނދާނަށް

2. އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި، ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން:
އަލްމަރްޙޫމް ޑޮކްޓަރ ޢަބްދުލްމަޖީދު ޢަބްދުލްބާރީގެ ހަނދާނަށް

3. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން:
އަލްފާޟިލް މުޙައްމަދު ވަޙީދު މ. މަޑުލު

4. ކުޅިވަރުގެ ދާއިރާއިން، ކުޅިވަރު ކުޅުމާއި، ކުޅިވަރަށް ޚިދުމަތް ކުރުމުގެ ރޮނގުން:
އަލްފާޟިލް ސައްޔިދު ޢަލީ މއ. މާފަތްވަރު

5. ކުޅިވަރުގެ ދާއިރާއިން، ކުޅިވަރު ކުޅުމުގެ ރޮނގުން:
އަލްމަރްޙޫމް ސައްޔިދު ޙަސަންގެ ހަނދާނަށް

ހިތްވަރު ދިނުމުގެ ޤައުމީ އިނާމު އެރުވި 21 ބޭފުޅުންނަކީ:

1. ކީރިތި ޤުރްއާން ކިޔެވުމާއި، އުނގަންނައިދިނުމާއި، ކީރިތި ޤުރްއާނުގެ ޢިލްމުގެ ދާއިރާއިން، ކީރިތި ޤުރްއާން ކިޔެވުމާއި، އުނގަންނައިދިނުމުގެ ރޮނގުން:
އަލްޤާރީ މުޙައްމަދު ތައުފީޤު ޢަލީ މ. މުއިރި
2. އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި، ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން:
ޑޮކްޓަރ ޢަބްދުﷲ ޖަމީލް ގ. ސްޓާރލިންގ އާގެ
3. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ވާހަކަ ދެއްކުމުގެ ފަންނު ކުރިއެރުވުމުގެ ރޮނގުން:
އަލްފާޟިލް މުހައްމަދު ޝިފާން ހ. ތަރަބޫޒުގެ
4. ތަޢުލީމީ ދާއިރާއިން، އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށާއި މީހުންނަށް ތަޢުލީމު ފޯރުކޮށްދިނުމުގެ ރޮނގުން:
އަލްފާޟިލާ މަރްޔަމް ޝަޠުރަތު ޝާކިރު ދުންތަރި ގދ. ތިނަދޫ
5. ޞިއްޙީ ދާއިރާއިން، ޞިއްޙީ ދާއިރާ ތަރައްޤީ ކުރުމުގެ ރޮނގުން:
އަލްފާޟިލް އަޙްމަދު އަފްޢާލް ގ. ޖަވާހިރުމާގެއާގެ
6. އިޖުތިމާޢީ ރައްކާތެރިކަމާއި، އިންސާނީ ޙައްޤުތައް ދިރުވައި ކުރިއެރުވުމުގެ ދާއިރާއިން، ޚާއްޞަ ރައްކާތެރިކަމާއި އަޅައިލުން ބޭނުންވާ ކުދިންނަށާއި މީހުންނަށް ޚިދުމަތް ކުރުމުގެ ރޮނގުން:
އަލްފާޟިލާ ރަޙްމާ ޢީސާ ހ. ފިލްމީސައިޓް
7. މަސްވެރިކަމުގެ ދާއިރާއިން، މަސްވެރިކަން ކުރުމުގެ ރޮނގުން:
އަލްފާޟިލް ޢަބްދުﷲ ޝަފީޤު ނިޝާން ހއ. ދިއްދޫ
8. ފަތުރުވެރިކަމުގެ ދާއިރާއިން، ދިވެހިން ބިނާކުރުމަށާއި، ޝައުޤުވެރިކުރުވުމަށާއި، އަހުލުވެރިކުރުވުމަށް މަސައްކަތް ކުރުމުގެ ރޮނގުން:
އަލްފާޟިލާ ޒީނާޒް ޙުސައިން އާސީނުގެ ސ. ހިތަދޫ
9. އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން:
ޓައިނީ ހާޓްސް އޮފް މޯލްޑިވްސް
10. މަސައްކަތްތެރިކަމުގެ ދާއިރާއިން، އެކި ބާވަތުގެ މަސައްކަތް ކުރުމާއި، ކުރިއެރުވުމުގެ ރޮނގުން:
އަލްފާޟިލާ އަނީސާ މުޙައްމަދު ބީޗްހެވަން ގދ. ގައްދޫ
11. މަސައްކަތްތެރިކަމުގެ ދާއިރާއިން، އެކިބާވަތުގެ މަސައްކަތް ކުރުމާއި، ކުރިއެރުވުމުގެ ރޮނގުން:
އަލްފާޟިލް އިބްރާހީމް ޞާލިޙް ފަސްތަރި ބ. ތުޅާދޫ
12. ޑައިވިންގގެ ދާއިރާއިން:
އަލްފާޟިލާ ޝާޒިޔާ ސަޢީދު މ. ސްނޯފްލެކްސް
13. ހެއަރ އެންޑް ބިއުޓީގެ ދާއިރާއިން:
އަލްފާޟިލާ ޢާއިޝަތު (ޝަރީފާ) މ. ސަބުދެލިގެ
14. ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން:
އަލްފާޟިލް މުޙައްމަދު ޝާކިރު ޢަބްދުﷲ ވ. ފައުނު
15. ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން:
އަލްފާޟިލް ޙުސައިން ފަރިޔާދު ގ. ސިނަމާލެ 2 02-11
16. ކުޅިވަރުގެ ދާއިރާއިން، ކުޅިވަރު ކުޅުމާއި މީހުން ތަމްރީނު ކުރުމުގެ ރޮނގުން:
އަލްފާޟިލް ޢިމްރާން މުޙައްމަދު އަސުރުމާގެ އދ. މަހިބަދޫ
17. ކުޅިވަރުގެ ދާއިރާއިން، ކުޅިވަރު ކުޅުމާއި މީހުން ތަމްރީނު ކުރުމުގެ ރޮނގުން:
އަލްފާޟިލް އިސްމާޢީލް މަޙްފޫޡް މ. ވިނަލި
18. ކުޅިވަރުގެ ދާއިރާއިން، ކުޅިވަރު ކުޅުމާއި މީހުން ތަމްރީނު ކުރުމުގެ ރޮނގުން:
އަލްފާޟިލް އިބްރާހީމް ޝިޢުރީ ގ. ގޯލްޑަންހައުސް
19. ކުޅިވަރުގެ ދާއިރާއިން، ކުޅިވަރު ކުޅުމުގެ ރޮނގުން:
އަލްފާޟިލާ ފަދުވާ ޒާހިރު ގ. ގޯލްޑަން ސްޓާރ
20. ޕަރފޯމިންގ އާޓްސްގެ ދާއިރާއިން، ލަވަ ކިޔުމާއި، މިޔުޒިކް ކުޅުމުގެ ރޮނގުން:
އަލްފާޟިލް ޢަބްދުއްރަޝީދު ޢަލީ ހ. ނިއުހެޕިނަސް
21. އެޕްލައިޑް އާޓްސްގެ ދާއިރާއިން، ޑިޒައިން ކުރުމާއި ފެހުމުގެ ރޮނގުން
އަލްފާޟިލާ ޢާއިޝަތު ޝަމްލާ ހ. ފެއަރީޕެލަސް

ރައީސް ވަނީ ޤައުމީ އިނާމާއި ޝަރަފުވެރިކަމުގެ އިނާމު ޤައުމީ ދުވަހުގެ މުނާޞަބަތާއި ގުޅުވައިގެން ދެއްވާ ގޮތަށް ނިންމަވާފައިއެވެ. މީގެ ކުރިން މި އިނާމު ދެއްވަމުން އައީ މިނިވަންދުވަހުގެ މުނާޞަބަތާއި ގުޅިގެންނެވެ. ރައީސް މިގޮތަށް ނިންމަވާފައި ވަނީ ޤައުމީ އިނާމު ދިނުމަށް އެންމެ އެކަށީގެންވާ މުނާޞަބަތަކީ ޤައުމީ ދުވަސްކަމުގައި ވާތީއެވެ.