ރޭ ޕްރިމިއާ ލީގުގައި އާސެނަލް އާއި ކްރިސްޓަލް ޕެލަސްއާ ކުޅުނު މެޗުން ދެ ޓީމު 2-2 އިން އެއްވަރުވުމުން އާސެނަލްގެ ސަޕޯޓަރުން ޓީމުގެ ކެޕްޓަން ޝަކާއާއި ދިމާކުރުމުން ޝަކާ އެއަށް ކުރިމަތިލި ގޮތް ގޯސް ކަމަށް ޓީމުގެ ކޯޗު އުނާއީ އެމެރީ ބުނެފި އެވެ.
އެމެރީ ބުނީ ޝަކާ ހެދީ ގޯހެއް ކަމަށާއި ޕްރެޝަރު ގައި ކުޅެން ދަސްކުރާއިރު އުނދަގޫ ވަގުތު ތަކުގައި ރުޅިގަދަވާނެ ކަމަށެވެ. ނަމަވެސް ވިސްނަން ޖެހޭ ކަމަކީ ކުޅުންތެރިން ކުޅެނީ ސަޕޯޓަރުންނަށް ޓަކައި ކަމަށާއި ސަޕޯޓަރުން ކުޅުންތެރިންނަށް ފާޑުކިޔައި ތަރުހީބު ދޭއިރު އިހްތިރާމް ކުރަން ޖެހޭނެ ކަމަށެވެ.
ރޭ ކުޅުނު މެޗުން ޝަކާ ބަދަލުކުރީ އާސެނަލް ދެ ލަނޑުގެ ލީޑެއްގައި އޮއްވާ ކްރިސްޓަލް ޕެލަސް އިން ފަހަތުން އަރައި 2-2 އިން އެއްވަރުކުރުމުންނެވެ. ޝަކާ ދަނޑުން ފޭބި ވަގުތު އާސެނަލްގެ ކުޅުންތެރިން ވަނީ ޝަކާއާއި ދިމާކޮށްފައެވެ. އެވަގުތު ޝަކާ ވަނީ ސަޕޯޓަރުންނާއި ދިމާލަށް ރުޅިވެރިކަމުގެ އިޝާރާތެއް ކޮށް އޭނާގެ ޖާޒީ ބާލައި އަތަށް ބޮނޑިކޮށްލާފައެވެ.
ޝަކާގެ މި އަމަލާއި ގުޅިގެން އެތައް ބަޔަކު ދަނީ އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމަށް ގޮވާލަމުންނެވެ.