English Edition
Dhivehi Edition

ޓެރަރިސްޓް ޖަމާއަތެއް ކަމުގައިވާ އައިއެސް ގެ ލީޑަރު އަބޫ ބަކުރު އަލް ބަޣުދާދީ މަރުވެފައިވާކަމަށް އެމެރިކާގެ ޑިފެންސް އޮފިޝަލުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނެފި އެވެ.

އެމެރިކާ ސިފައިން ހައްޔަރުކުރުމުގެ ކުރިން ބަޣުދާދީ މަރުވެފައިވާކަމަށް އެ ގައުމުގެ ކަމާއި ބެހޭ އިދާރާތަކުން ބުނެފައިވާއިރު އޭނާ މަރުވެފައިވާކަން އެމެރިކާއިން ރަސްމީކޮށް އިއުލާނުކުރާނީ ޑީއެންއޭ ޓެސްޓުތައް ހެދުމަށްފަހުއެވެ. ބަޣުދާދީ ހައްޔަރު ކުރަން އެމެރިކާގެ އަސްކަރިއްޔާ އިން ސީރިއާގެ އުތުރުގައި ހިންގި އޮޕަރޭޝަނާއި ގުޅޭ ގޮތުން އެމެރިކާގެ ދިފާޢީ ވުޒާރާ ޕެންޓަގަން އިން އަދި އެއްވެސް އެއްޗެއް ބުނެފައި ނުވާއިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަރަށް އަވަހަށް “މުހިއްމު އިއުލާނެއް” ކުރައްވާނެކަމަށް ވައިޓް ހައުސް އިންވަނީ މީގެ ކުރިން ބުނެފައެވެ.

ދާދި ދެންމެ އަކު ގައުމާ މުހާތަބު ކުރައްވާ ވާހަކަދައްކަވަމުން ޓްރަމްޕް ވަނީ ބަޣުދާދީ މަރުވެފައިވާކަން އިއުލާންކުރައްވާފައެވެ. މިކަން ޔަގީންކޮށްދެއްވަމުން ޓްރަމްޕް ވިދާޅުވީ ބަޣުދާދީ މަރުވެފައިވަނީ އަމިއްލައަށް ކަމަށާއި އޭނާ މަރުވީ ޖާނުން ފިދާވުމުގެ ހަމަލާ ދޭއިރު އަޅާ ފަދަ ސުއިސައިޑް ވެސްޓެއް ގޮއްވާލައިގެން ކަމަށެވެ.

އައިއެސް ގެ ލީޑަރު ބަޣުދާދީ ފިލައިގެން އުޅޭތާ ފަސް އަހަރު ވެފައިވާއިރު މީގެ ކުރިން 2017 އަދި 2018 ވަނަ އަހަރުވެސް ބަޣުދާދީ ވަރަށް ބޮޑަށް ޒަހަމްވެފައިވާ ކަމަށް އެމެރިކާގެ އޮފިޝަލުން ވަނީ ބުނެ ފައެވެ.

ޓެގު