English Edition
Dhivehi Edition
މާއުނގޫދޫގެ ފާރެއްގައި އައިސިސްގެ ލޯގޯ ސްޕްރޭކޮށްފައި - ފޮޓޯ: މާއުނގޫދޫ ކައުންސިލްގެ ނައިބު ރައީސް ހަމީދު

ށ. މާއުނގޫދޫ އަށް ބަޔަކު އަރައި، ޓެރަރިސްޓް ޖަމާޢަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް އޮފް އިރާޤް އެންޑް ސީރިއާ (އައިސިސް)ގެ ލޯގޯ އެރަށުގެ އެކި ތަންތަނުގައި ކުރެހިކަމުގެ މަޢުލޫމާތު ލިބުމާއި ގުޅިގެން، ފުލުހުން އެ މައްސަލަ ތަޙުޤީޤު ކުރަން ފަށައިފި އެވެ.

މާއުނގޫދޫ ކައުންސިލްގެ ނައިބު ރައީސް، އަބްދުﷲ ހަމީދު އާއި ހަވާލާދީ “މިހާރު” ނޫހުން ރިޕޯޓްކުރާ ގޮތުގައި ދޯންޏެއްގައި ލަނޑާ ނަގަން އުޅުނު ބަޔަކު އެރަށަށް އަރައި 13 ވަރަކަށް ގޭގެ ފާރަށް އައިސިސްގެ ލޯގޯ ސްޕްރޭ ކޮށްފައިވެއެވެ. އަދި އެ މައްސަލަ ތަޙުޤީޤުކުރުމަށް ފުލުހުންގެ ޓީމެއް މިއަދުގެ ވަގުތެއްގައި އެ ރަށަށް ދާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.

ބަޔަކު މީހުންމާއުނގޫދޫއަށް އަރާ ސްޕްރޭކޮށްފައި ވަނީ އައިސިސްގެ ދިދައިގައި ހުންނަ ލޯގޯ އެވެ. އެ މަސައްކަތް ކޮށްފައިވަނީ އެރަށުގެ ފިހާރައަކުން ކަޓަރާއި ސްޕްރޭފުޅި ގަނެގެން ކަމަށް ހަމީދު ވިދާޅުވި އެވެ.

މާއުނގޫދޫގައި އައިސިސްގެ ލޯގޯ ކުރެހި މައްސަލަ ފެންމަތިވެފައިވާއިރު، ދީނީ ހަރުކަށި ފިކުރުގެ ޖަމާޢަތެއް ރާއްޖޭގައި ޙަރަކާތްތެރިވަމުންދާ ކަމަށް، ރަހުމްކުޑަ ގޮތަކަށް އަވަހާރަކޮށްލާފައިވާ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަދި ދީނީ ޢިލްމުވެރިޔާ ޑރ. އަފްރާޝީމް ޢަލީގެ މަރުގެ ރިޕޯޓުން ވަނީ ހާމަވެފަ އެވެ.