English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް - ފޮޓޯ: ރިޒްނާ ޒަރީރު

މިއަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ފަސް ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 21 ބޭފުޅަކަށް ދިނުމަށް ނިންމައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ޤައުމީ އިނާމަށް ބޭފުޅުން ހޮވާފައި ވަނީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ޤައުމީ އިނާމާބެހޭ ކޮމިޓީއިން ކަމަށެވެ. އަދި ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ 5 ބޭފުޅުންގެ ތެރެއިން 2 ބޭފުޅުންނަކީ، މީގެކުރިން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުން ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.

މިބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދެއްވުން އޮންނާނީ، ޤައުމީ ދުވަހުގެ މުނާސަބަތުގައި، މާދަމާރޭ 20:45 ގައި ދަރުބާރުގޭގައި ބާއްވާ ރަސްމީ ޖަލްސާގައެވެ.

އަދި ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުން ހޮވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ކުރި މަސައްކަތުގައި މައިގަނޑު ގޮތެއްގައި ބަލާފައިވަނީ، މި އިނާމާ ބެހޭގޮތުން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ ކަންތައްތަކުގެ މައްޗަށް ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.