English Edition
Dhivehi Edition

ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަކުރި ލާދީނީ ބަޔަކަށް ފިޔަވަޅު އަޅައިދޭން މުސްލިމު، ދިވެހި ރައްޔިތުން އާދޭސްކުރަން ޖެހުމަކީ ލަނދުވެތި ކަމެއް ކަމުގައި ޝެއިހް އަލީ ޒާހިރު ބިން ސައީދު ވިދާޅުވެއްޖެއެވެ.

ޝެއިހް އަލީ ޒާހިރު މިއަދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ކަމާއި ބެހޭ އިދާރާތަކާއި ޒިންމާނަގަންޖެހޭ ފަރާތްތަކުގެ އަރިހުގައި ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަކުރި ލާދީނީ ބަޔަކަށް ފިޔަވަޅު އަޅައިދޭން މުސްލިމު، ދިވެހި ރައްޔިތުން އާދޭސްކުރަން ޖެހުމަކީ ލަނދުވެތި ކަމެއް ކަމަށެވެ.

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން’ ޕްރިލިމިނަރީ އެސްސެމެންޓް އޮން ރެޑިކަލައިޒެޝަން އިން ދަ މޯލްޑިވްސް ‘ ގެ ނަމުގައި ނެރުނު ރިޕޯޓުގައި، އިސްލާމް ދީނާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް ފައިވާއިރު މިކަމާއި ދެކޮޅަށް ގިނަ ދިވެހިން އަންނަނީ އަޑުއުފުލަމުންނެވެ.މި ގޮތުން ދީނީ އިލްމުވެރިންތަކެއް ޝީ ބިލްޑިންގުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝެއިހް އަލީ ޒާހިރު ވިދާޅުވީ އިސްލާމް ދީނަށް ފުރައްސާރަ ކުރުމަކީ ރާއްޖޭގައި ގާނޫނީ ކުށަކަށް ވާއިރު އެމްޑީއެންގެ މީހުން ވަނީ އެ ކުށަށް އަރައިގެންފަައިކަމަށެވެ. އަދި އެއީ ދީނީ އެއްބައިވަންތަ ކަމުގެ ޤާނޫނާއި ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމާއި ޖަމިއްޔާތަކާ ބެހޭ ގާނޫނާ ވެސް ހިލާފަށް އެމްޑީއެންއިން ކޮށްފައިވާ ކަމެއް ކަމަށް ޝެއިހް އަލީ ޒާހިރުވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އެ ރިޕޯޓާއި ގުޅިގެން އެމްޑީއެން ވަގުތުން އުވާލާ އެ ޖަމްމިއްޔާގެ މެމްބަރުންނާއި މެދު ހަރުކަށި ފިޔަވަޅު އަޅައިދިނުން އެދި ރާއްޖޭގެ ގިނަ ރަށްރަށުގައި އަންނަނީ މުޒާހަރާކުރަމުންނެވެ. އެމްޑީއެން އާއި ދެކޮޅަށް ރާއްޖޭގެ ގިނަ އިލްމުވެރިން ތެދުވެފައިވާއިރު އަދާލަތުޕާޓީ އިން ވަނީ އެމްޑީއެންގެ މައްސަލައިގައި ޔޫތް މިނިސްޓަރ މަހްލޫފް އާއި ވެސް ބައްދަލުކުރައްވާފައެވެ.