English Edition
Dhivehi Edition

ސ.ފޭދޫ ހިމެނޭ ގޮތަށް ރާއްޖޭގެ 13 ރަށެއްގައި ޓާފް ދަނޑު އެޅުމަށް މިއަދު ސަރުކާރުން ބަޔަކާ ހަވާލުކޮށްފި އެވެ. މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމެންޓް ގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ބައިވެރިވެވަޑައިގެންނެވި އެވެ.

ފީފާ އެޕްރޫވްޑް ޓާފް ދަނޑު ރާއްޖޭގެ 13 ރަށެއްގައި އެޅުމަށް ހަވާލުކޮށްފައި ވަނީ އަމީން ކޮންސްޓްރަކްޝަނާ އެވެ. އެ ކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރީ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަބްދުﷲ މުހައްމަދު އެވެ. ޔޫތު މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް އެވެ.

ރާއްޖޭގެ 13 ރަށެއްގައި 55 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އަޅާ މި ޓާފް ދަނޑު ތައް އެޅުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ސ.ފޭދޫ، ނ. ހޮޅުދޫ،ހއ. ދިއްދޫ،ގއ. ވިލިނގިލި،ނ.ކެނދިކުޅުދޫ، އދ. މާމިގިލި،ފ.ނިލަންދޫ،ޏ.ފުވައްމުލައް، ރ. އަލިފުށި، ހއ. ނެއްލައިދޫ، ، ޅ. ހިންނަވަރު، ލ. ގަމުގެ އިތުރުން ގދ. ތިނަދޫ ގައެވެ.

މިއީ މި ސަރުކާރުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނިގެން ކުރިޔަށްދާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.