English Edition
Dhivehi Edition

މޯލްޑިވިއަން ޑިމަކްރަސީ ނެޓްވޯކު (އެމްޑީއެން) އިން އިސްލާމް ދީނަށާއި ރަސޫލާ އަށް ފާޑުކިޔައި ނެރެފައިވާ ރިޕޯޓުގައި އެކަންކަމާ މެދު ވިސްނަން ޖެހޭ ރަނގަޅު ކަންކަން އެބަހުރިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެެވެ،

އެމްޑީއެން އަށް ފިޔަވަޅު ނާޅައި ސަރުކާރުން ރައްޔިތުންނަށް ފިލައިގެން އުޅޭކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް މިއަދު މަޖިލީހުގައި ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން، ނަޝީދު ވިދާޅުވީ މި ރިޕޯޓު ކުށްވެރިކޮށް ދެކެވޭ ވާހަކަތަކުގެ ސަަބަބުން މި ރިޕޯޓުގެ އަސްލު ގެއްލިގެން ދާކަމަށެވެ. “އެ ރިޕޯޓުގައި ފާހަގަކޮށްފައިހުރި އެހެން ވާހަކަތައް ފާހަގަނުކޮށް،ރިޕޯޓްގެ އަސާސްވަނީ ގެއްލުވާލާފަ. ސީރިއާ އަށް މީހުން ފޮނުވަނީ ކޮން ބަޔަކު އެކަމުގެ ތެރޭގައި ވެގެންތޯ؟ ނަޝީދު ވަނީ ސުވާލުކުރައްވާފައެވެ.

މީގެ އިތުރުން ނަޝީދުވަނީ އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން އެންމެ އަޑު ހަރުކޮށް ނުރުހުން ފާޅުކުރަމުންދާ މީހުންނަނީ ދީނީ ގޮތުން ހައްދުފަހަނަ އަޅައިފައިވާ އަދި ސީރިއާ އަށް މީހުން ފޮނުވުމަށް މަސައްކަތް ކުރާ، މީހުން ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކެއްކަމަށް ވިދާޅުވެފައެވެ.

އެމްޑީއެންގެ ރިޕޯޓަކީ 2014 ވަނަ އަހަރު ނެރުނު ރިޕޯޓެއްކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ އެ މައްސަލައަކީ އޭރުން ފެށިގެން ފެންމަތިވާން ޖެހޭ މައްސަލައެއް ކަމަށާއި މިހާރު އެ ރިޕޯޓު ބޭނުން ކުރަމުން ދަނީ ސަރުކާރާ ދެކޮޅަށް ހަތިޔާރެއްގެ ގޮތުގައިކަމަށެވެ.

ސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ކޮށް އެމްޑީއެން އިން ނެރުނު ރިޕޯޓްގައި ވަނީ ދީނުގެ ނަމުގައި ބޭރުގެ ހަނގުރާމަތަކަށް ދިވެހިން ފޮނުވުމުގައި ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިން ހަރަކާތްތެރިވާކަމަށް ތުހުމަތުކޮށްފައެވެ.