English Edition
Dhivehi Edition

މިއަދު ހެނދުނު އާޓިފިޝަލް ބީޗު ސަރަހައްދުގައި ހާލު ދެރަވެފައި އޮއްވާ ފެނުނު މީހާ ދެނެގަނެވިއްޖެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ހެނދުނު 06:26 ހާއިރު އާޓިފިޝަލް ބީޗުގައި ހުރި ގޮނޑިއެއްގައި ދޮށީ އުމުރުގެ ފިރިހެނަކު ހާލު ދެރެވެފައި އިން ކަމުގެ މައުލޫމާތު ލިބުމާ އެކު އެމީހާ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

އޭޑީކޭ އިން ބުނީ އާޓިފިޝަލް ބީޗުން އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ އުމުރުން ދުވަސްވީ މީހާ އަކީ ކާކުކަން ދެނެގަނެވިއްޖެ ކަމަށާއި އޭނާގެ އާއިލާއާ މިހާރު ގުޅިފައިވާ ކަމަށެވެ. .އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ފުރާނަ ހުރިކަމަށާއި އަވަސް ފަރުވާދީ، ފުރާނަ ސަލަމާތް ކުރުމަށް ހޮސްޕިޓަލުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށްވެސް އޭޑީކޭއިން ވަނީ ބުނެފައެވެ.