English Edition
Dhivehi Edition
މާލޭ ނޯތު ހާބަރުގެ މަތިން ނަގާފައިވާ މަންޒަރެއް - ފޮޓޯ: އަސަދްސް ފޮޓޯގްރަފީ އެންޑް ޕާސަނަލް ބްލޮގް

މާލޭގެ ގެއެއްގެ ހަތަރުވަނަ ފަންގިފިލާއިން ކުޑަކުއްޖަކު ވެއްޓި ނިޔާވެއްޖެއެވެ.

ރޭ ދަންވަރު ހިނގި މިހާދިސާގައި ނިޔާވެފައިވަނީ އުމުރުން 4 އަހަރުގެ ފިރިހެން ކުއްޖެކެވެ. ފުލުހުންގެ މީޑިއާއިން ހާމަކޮށްފައިވާ ގޮތުގައި މި މައްސަލަ ރޭ ދަންވަރު 12:20 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާއިރު މި މައްސަލަ މިހާރު އެ އިދާރާއިން އަންނަނީ ތަހުގީގު ކުރަމުންނެވެ. އެކުއްޖާ ވެއްޓެން ދިމާވި ސަބަބެއް އަދި އެނގިފައިނުވާއިރު އެކުއްޖާ ނިޔާވެފައިވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށްނެވެ.

މިދިޔަ އަހަރު ހުޅުމާލޭގެ އިމާރާތެއްގެ ހަތަރުވަނަ ބުރިން ވެއްޓި އުމުރުން ހަތަރު އަހަރުގެ އަންހެންކުއްޖަކުވެސް ވަނީ މަރުވެފައެވެ.