English Edition
Dhivehi Edition

ވައުދާއި އަހުދު އުވާލުމަކީ މުސްލިމުން ކުރާނެ ކަމެއް ނޫން ކަމަށާއި، އެއީ ޔަހޫދީންގެ ސިފައެއް ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް އިލްޔާސް ހުސައިން ވިދާޅުވެއްޖެ އެވެ.

ޝެއިޚް އިލްޔާސް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

 

އެ ޓްވީޓްގައި އިލްޔާސް އިތުރަށް ވިދާޅުވެފައި ވަނީ BanMDN#، މި މަޢުޟޫ ބަދަލުކުރަން ކިތަންމެ ވަރަކަށް މަސައްކަތްކުރި ނަމަވެސް، ރައްޔިތުން ތިއްބެވީ ދީނާއި ނަބިއްޔާގެ ދިފާޢުގައި ކަމަށެވެ.

“މުސްލިމުން އެންމެ ބޮޑަށް ލޯބިކުރާ އަދި ލޯބިވާންޖެހޭ ޝަޚްސިއްޔަތަކީ ހަމައެކަނި މާތް ނަބިއްޔާ”، އެ ޓްވީޓްގައި އިލްޔާސް ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ޝެއިޚް އިލްޔާސް ވަނީ އެ ޓްވީޓް އާއެކު ބަޤަރާ ސޫރަތުގެ ވަނަ އާޔަތާއި އޭގެ މާނަވެސް އެޓޭޗްކުރައްވައި ހިއްސާކުރައްވައިފަ އެވެ. އެ އާޔަތުގެ މާނައިގައި ވަނީ “އެއުރެން އަހުދެއް ކުރާ ކޮންމެ ހިނދަކު، އޭގެތެރެއިން ބަޔަކު އަހުދު އެއްލައިލަނީ ހެއްޔެވެ؟ އަދި ކިއެއްތަ؟ އޭގެ ގިނަމީހުން އީމާނެއް ނުވެތެވެ.”، މިހެންނެވެ.