އެމްޑީޕީގެ ރައީސް ކަމުގެ އިތުރު ދައުރަކަށް ކުރިމަތިލެއްވުމަށް ނިންމަވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިހާރުވެސް އެ ޕާޓީގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ރައީސް އާއި ނައިބު ރައީސްގެ ދައުރު ހަމަވުމުން ރޭ އެ ޕާޓީން އިންތިހާބު ބޭއްވުމަށް އިއުލާން ކުރުމާއި ގުޅިގެން ކުރެއްވި ޓުވިޓެއްގައެވެ.
ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ރައީސް ކަމަށް އިތުރު ދައުރަކަށް ކުރިމަތިލައްވަން އެމަނިކުފާނު ނިންމަވާފައިވާ ކަމަށާޢި އެމަނިކުފާނަށް ތާއިދުކޮށް ވޯޓު ދިނުމަށް އެމްޑީޕީގެ މެންބަރުންގެ އަރިހުން އެދިވަޑައިގަންނަވާ ކަމަށެވެ.
ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އެމްޑީޕީގެ ލީޑާޝިޕްގެ އިންތިހާބުގައި ވާދަކުރައްވަން އަދި އިތުރު މެމްބަރަކު ޝައުޤުވެރިކަން ފާޅުކޮށްފައެއް ނުވެއެވެ.