English Edition
Dhivehi Edition

ބޮލީވުޑްގެ ތަރި ޝާހިދު ކަޕޫރަކީ ފިލްމީ ދާއިރާގައި ވިދާލި ކުޅަދާނަ އެކްޓަރެކެވެ. ޝާހިދު ދަނީ އޭނަގެ އެންމެ ފަހުން ނިކުތް ފިލްމް “ކަބީރް ސިންގ” ގެ ކާމިޔާބީ ފާހަގަކުރަމުން ނެވެ.

ޝާހިދު ކަޕޫރަކީ ހަމަ އެކަނި ކުޅަދާނަ އެކްޓަރެއް ނޫނެވެ. އޭނަގެ ދެދަރިންގެކަންކަމުގައި އުޅޭ ކުޅަދާނަ ހިތްވަރުގަދަ ބައްޕައެއްވެސް މެއެވެ.

ދާދިފަހުން ފިލްމް ފެއާގައި ދިން އިންޓަވިއުއެއްގައި ޝާހިދު ބުނެފައިވަނީ އޭނައަކީ މީގެ ކުރިން އަބަދުވެސް އަމިއްލަ ނަފްސާދޭތެރޭ ހަމައެކަނި ވިސްނާ މީހެއް ކަމަށެވެ. “އަހަރެން ނުވިސްނަން އިތުރު އެއްވެސް ކަމަކާ. ހަމަ އެކަނި ވިސްނަނީ އަހަންނާ ދޭތެރޭ އަދި އަހަރެންގެ ކަންކަމާ ދޭތެރޭގައި. މިހެން ހުއްޓާ މީހަކާ އިނދެ ފުރަތަމަ ދަރިފުޅު އުފަންވުމާ އެކީ އަހަރެން ހިތައްއެރީ މިއީ ދެވަނަ ކަމަކާ ވިސްނަންޖެހޭ ވަގުތުކަމަށް. އެހާހިސާބުން އެނގުނީ މީގެކުރިން އަހަންނަކީ ވަރަށް އަމިއްލަ އެދުން ބޮޑުމީހެއްކަން”. ޝާހިދު ބުންޏެވެ.

މިހާރު އަމިއްލަ ކެރިއާ އަށް ވުރެން ބޮޑަށް ލިބިފައިވާ ލޯބިލޯބި ދެ ކުދިންގެ ކަންތަކާ އެންމެބޮޑަށް އުޅެމުން އަންނަ ޝާހިދު މި އިންޓަވިއުގައި ބުނީ، އޭނަ ތުއްތު އިރު އޭނަގެ މައިންބަފައިންނަށް ދެރަގޮތަކަށް ކަންތައް ކޮށްފައިވާނަމަ މައިންބަފައިން ކިބައިން މާފަށް އެދޭކަމަށެވެ. މީގެ އިތުރުން ޝާހިދުބުނީ އޭނަ ބައްޕައަކަށް ވުމުގެ ކުރިން މައިންބަފައިންނަށް ނުކުރާ ގަދަރު މިހާރު އޭނަ އެމީހުންނަށް ކުރާކަމަށެވެ. މިހާރު މައިންބަފައިން ކިބައިން މާފަށް އެދެން މާލަސްވެފައި ވީނަމަވެސް އޭނަވަނީ މި އިންޓަވިއުގައި މައިންބަފައިން ކިބައިން މާފަށްއެދިަފއެވެ.

“ކަބީރް ސިންގ” އަކީ ހިޓްވި ތަމަޅަ ޑްރާމާ ފިލްމެއް ކަމަށްވާ” އަރުޖުން ރެއްޑީ” ގެ ރީމޭކް އެވެ. ޖޫންމަހު 21 ގައި ރިލީޒް ވެފައިވާ މިފިލްގައި ޝާހިދުއާ އެއްކޮށް ލީޑްޯލުން ފެނިފައިވަނީ ކިއާރާ އަދްވަނި އެވެ.