އަދަކީ މިޅި އައްޑުއައް ވަރައް ބޮނޑަކޮއް ވިއްސާރަވީ ދުވަހައް. ބޮލިކޮއް ގެރި ވާރެއިގަނޑަ އެއްކޯ ބޮލަކައް ނިކަނޑައި . ރައްރަށި ތިބި އެޅައެޅަ ފުރިގެން ހުށިހެއި މަގަ މަގި އެކެޑުން މިކެޑައް ފެންބޮނޑަވީ ދުވަހައް. މަގަކުން ހިނގޭޱެ ފަދާކަސް ނެއް، މަގަކުން އެއްތައް ދިއްވޭޱެ ފަދާކަސް ނެއް. ތާނކައް ދޮރަކައް ގިއޭޱެ ހަމާކަސް ނެއް. މަގަކައް ނުކުތަސް ތެމި ހިކަރިވެއި. ބޭރައް ނުކުމި މަގަމައްތެ ވޭނޑެޱެ އެއްބެއި މީހުންނައް މަގި ތިބި ޗަކަ ފެންގަނޑަ ގަނޑައް ވެއްޓި ލަނޑަސް ލިބެޱެ ދުވަހައް.
އަދަކީ އައްޑޫ ގޭގެށަސް ފެންވެދަފެއި އައްޑޫ ރައްޔިތުންނައް ނިކަން ގެއްލުންވީ ދުވަހައް. އެއްބެއި ގޭގޭ ހިކި އެއް ވިންދަސް ނެއް. ނިކަން ހާލެއި އެއްބެއިން ތިބި ދުވަހައް. ގޭލައި ކައްކައި ކާއި ނިހެދޭވަރައް ފެންބޮނޑޮވީ ގޭގޭސް މަދަނުން. ފާޚާނާސް ފުރިގެން ދޯލި ބޯލި ކެރާށަސް ދަތި ހާލެއި އެއްބެއިން ތިބި ދުވަހައް. ލޮލުން މި މަންޒަރަ ފެނެޱެމެއި ވަރައް ހިތައް އަސަރަސް ކެޑެ ދުވަހައް. ވީމެއި މިކޯ މަ ގަސްތު ކެޑެއި އަދަ އަފިރިން ތިބި ހާލަތާއި ގުޅޭ އަދަބީ ލެތުމައް ކިޔުންތެރިންނާއި ހަމާއް ގިނާސްދޭއް.
ލޭނައް ގަސްތުކެޑެއި ބާނދައް. އައްޑޫ ރައްޔިތުންނާއި ބޮނޑައް ގުޅޭޱެއި އައްޑޫބަހުން ލެއްމެއި.އެހެންވެ ބަނދިއެ ލޭނަޱެއި އައްޑޫ ބަހުން. މި ބަނދިއެގެ ނަމަކީ ބޮލަކައް ނިކަނޑައި ވާރެއި. ކިޔުންތެރިން އަދަ ފިނިކަމުން ހީކަރަފެއި ތިބިއަސް މި ބަނދިއެ ކޭހެއް ކަމައް ހީކެރަން އަދި މި ބަނދިއެ އެންމެންނައް ނަލަވޭހެއް ކަމަށަސް ހީކެރަން.
ބޮލަކައް ނިކަނޑައި ވާރެއި
ދެކުޱައް ވިއްސާރަ ވެފެއި
ބޮލިކޮއް ވާރެއި ގަރަފެއި
ބޮލަކައް ނިކަނޑައި ވާރެއި
ރައްރަށި އެޅައެޅަ ފުރިފެއި
ހުށެހެއި މަގި ވަޑަގަނޑަގަނޑަ
ފުރިގެން ބޮނޑަ ފެންގަނޑަގަނޑަ
ފުން މިން ނިއެނގޭ ކަނޑަކަނޑަ
ފެން ނެއް ތަނި ޗަކަގަނޑަގަނޑަ
މަގި ހިނގޭޱެ ފަދާއް ނެތި
މަގި ދިއްވޭޱެ ލެކައް ނެތި
ތާނކައް އޭޱެ ލެކައް ނެތި
ގޭ ބަންދުވި ހުކުމައް ނެތި
ގޭތެރަށަސް ފެން ވެދެފެއި
އެއްތެތިއަސް ތެމިގެރިފެއި
ފާޚާނާސް ފުރި އަރަފެއި
ދޮވާ ވަހަކި މެއިފެޑިފެއި
ގެން ނުކުތަސް ލިބެނީ ލަނޑަ
ގޭ ތިބިޔަސް މިވެނީ ކަޑަ
ދޯލިކެޑަސް ލިބެނީ ލަނޑަ
ކަޑަކަޑަކަޑަ ހަމަކަޑަކަޑަ
(ނިމެޱެއި)
ﷲއަފިންނައް ހެއު ރަޙުމައް ލައްވައި މި ވިއްސާރައިން ސަލާމައް ކުރައްވާށި. އާމީން