ރަޒާން: މަންމާ ރަޒާން އަދަ އިންޓޯލު ނިކެރަން.
މަންމާ: އޭ ކިޔަންވީ؟
ރަޒާން: ކިޔަންކެރާއް ރަޒާން އައްދޭ މަރަތެލި ޕާން އެޑީ؟ މަރަތެލިޕާން ރަޒާން ހިތައް ވަރައް ނިބެއި.
މަންމާ: އޭނ! ކިޔަންކާއު ކަލޯ؟ މަރަތެލި ޕާނީ؟ އޭ ކޮންތައް؟ މަންމާ އެޑީ ސޭންޑްވިޗު ނުނީ އެކަލޯއް ދޭއް؟
ރަޒާން: ހާނ. ސޭންޑްވިޗޭ ތިބީ އެކަމަކި މަންމާ ސޭންޑްވިޗު ހެދީ މަރަތެލިޕާނުން.
މަންމާ: އާމިނަތު އާސެލަ. ދަރުމަވޭހެއް މިއަގަ ފުތާ މިހޮއްލާ ހާލިއައު އަޑާހަފެލަ. މިއަ މިކޭނީ ކޮން މަރަތެލިޕާނަކާއު؟
އާމިނަތު: ކަލޯ ކިޔަންކާއު؟ މަންމީ އެކެހެ ބެޱަފެލަ
ރަޒާން: ރަޒާން ބެޱީ މަންމާ އަދަ ރަޒާން އައްދޭ ސޭންޑުވިޗު ހެދީ މަރަތެލި ޕާނުނާއު. އެހެންވެ އޭ ނިބެއި ހެދީ އަދަ އިންޓޯލު ނިކެރަމާއު.
އާމިނަތު: އޭނ!!!! ކިޔަންކާއު ކިޔަންކާއު؟؟ މަރަތެލިޕާނީ؟ ކަލޯ މަންމީއައް ދައްކަފެލަ މަރަތެލިޕާން.
ރަޒާން: (ޕާން ފޯތައް ނަގަފެއި ބާވައި) މިއޮތީ ނުނީ.
އާމިނަތު: މީ؟؟؟؟؟؟ މިއާއު އެކަލޯ މަރަތެލިޕާނާއު ތެކޭނީ ކިޔަންވީ؟
ރަޒާން: ރަޒާން ޓޫލް ކިޓާއި އޮންނަ މަރަތެލި ލެކައްނީ މިއާ މިއޮތީ. އެހެންވެ. މިޕާން ރަޒާން ހިތައް ވަރައް ނިބެއި. ރަޒާން ހިތައް މީރީ ސޭންޑުވިޗު ޕާން. އޭ ތިބޭޱެއި ސްކޮޔާ ކޮއް.
އާމިނާތު: އޯވް! އެހެނާ. ހައްހައްހައް! ހައްހައްހައް! އެހެންމެއި ސޭންޑުވިޗުޕާނައް ސްކޮޔާޕާނާއު ނިކޭނީ ކިޔަންވީ؟
ރަޒާން: އޭނައް މަންމީ ކޭނީ ސޭންޑުވިޗު ޕާނާއު މީނައް މަންމީ ނަމައް ނިކޭމެއި ރަޒާންކީ މަރަތެލިޕާނާއު.
އާމިނަތު: ހައްހައްހައް! އެކަލޯއަސް ބަސް ހަދާކައް ދިވެހިިބަހުގެ އެކެޑެމީއެއި މީހުންނަކައްވަނި ދެރާއް ނުން. ވަރައް ވަރައް ގަދަ ހައްހައްހައް!!!.