English Edition
Dhivehi Edition

އަފަގެ އާމިނަތުގެ ކުދިން އިސްކޫލުން އޭތާން ކައްކަލާއި ކާއޭ ހޯދަގަން މާއި އަފަގެ ފުތާއި އިނދަގަން ހިންނަ ވަސީލާއި ދެވެރިން މިތިބީ ބަދިގޭ މޭޒެދޮރެ، ތިބެއި ގްރޭޑު ތިނެކި ހިންނަ އާމިނަތުގެ ކަނެއި ފުތާ އިސްކޫލުން ގެއު އާސް ޔުނީފޯމާސް ނިބާއި މޭޒަދޮރަ އިރީން. އަވަ އަހަފިން ކަލޯއު ނަމާދާއު އަރަފީތައު، އަވަހައް ހެދުން ބަދަލު ކޮއްލާއި އައްދޯގަން ކާއު އާސެލާއްކެން. މިކުދާ ނިކަން މަޑަމަޑުން ބެޱި ހާނއު ބައްޕާއި އެއްކޮއް ގޮސް ނަމާދާއު އަރަގެނާއު މިއައި. ދެން އިތިރައް ބަހައް ނިކޭއި ނިކަން މޮޅިކޮއް މިކުދާ ހިންނައް ގަންމެއި ވަސީ އަހަފި ކަލޯއު ކިޔަންވީތައު އެކަލޯ ބަލީތައު. މިކުދާ ބޯހޫރަލި. އަވަ ނިއްކުރިއެ އައްޖަހަފެއި ބަލަފިން ހުން އާއްސެއި ހިށިތޯ ބަލާއް. ބެލިކޯ ހުޱަކަސް ނުން. ހުމަކަސް ނެއް. ދެން އަވަ ތާށައް ކާޔޭ އެޑަފެއި ދެރަފިން. ދެނަސް މިކުދާ ކާކައް ނިހިނގައި ހިށެ ހިށެފެއި އަހަފި މަންމާއު ފަންޑިތާކީ ކޮންތައްތައު. އަވަ ބެޱިން ފަންޑިތާކީ ކޮންތައްކަން އެކަލޯއް ބެޱެއިދޭޱަ ލެކައް ނިއެނގެއްޔައު. ބެޱިމެއި އަހަފި ކުރިން މީހުން ފަންނަތުނަސް ފަންޑިތަ ހަދާތައު. ހާނއު ކިޔަންވީތައު ކަންކާތައު ފަންޑިތައިގެ ވާހަކަ ދެއްކީ އެހިމެއި ކޭފި މިސް ބެޱިޔައު ފަންޑިތާކީ ވަރައް ގޯސް މީހުން ހަދާ އެއްތަކާއު އޭ ހަދާކައް ނިވޭށިޔައު. އެކަމަކި ކުރިން ފުރެއި މީހުން ފަންޑިތަ ހަދައިޔައު. އަފަގެ ދެވެރިޔާސް ބެޱިމާ ތެދަކާއު ފަންޑިތަ ހަދާކައް ނިވޭށިޔައު
.
ދެން ކުދުކޮއް ކާއް ފައްޓަފެއި އެނައްކަލަސް ވަރައް ދެރަވެފެއި މިފުތާ ބެޱަނީ ތިމާގެ މަންމީ ފަންޑިތަ ހަދައިޔައު. މެހެން ބެޱިކަލަސް ހިށީ ގޯވިގޮސް. ދެން އަފަގެ ދެވެރިން ހައިރާންވެ އަންތަރީސްވެގެން އަހަފިމާ މަންމީ ފަންޑިތަ ހެދީ ކެހެނަކައް ތައު. އެހިމެއި ބެޱީ ފަންނަތުނާއު. މަންމީ ފަންޑިތާ ހެދަފެއި ތިމާ ބޮލެޔަސް އެޑިޔައު. އެނައްކޯ އަވަ އަހަފިން ކަލޯއު ފަންޑިތާ އޮތީ ކެހެނަކައްތައު އިޔާ ބޮލެ އެޑަފެއި ދެން މަންމީ ކިޔަން ކެޑެއިތައު. އެކަލޯ ބެޱީ މަންމީ ބޮނޑަ ފަންޑިތާ ހެދި ދުވަހި ތިމާބޮލެ ފަންޑިތާ އެޑަލާއި އިހީޔައު. ފަހުން ދުވެހި ކުދު ފަންޑިތާ ހަދަގެން އިޔާއު އާފަލާއި އޮރެންޖާއި އެޑަފެއި ކޮންމެސް މީހަކާއް ދެރަފިޔަައު. އަފަގެ ދެވެންނައް ކޭޱަ އެއްތަކަސް ބެޱާޱަ ބަހަކަސް ނިއެނގި ތިބެއި ކޭފި މަންމީ އިޔާއި ފޮޓޯސް ނެގިޔައު ފޯނާއި މިކަލަސް ފޮޓޯ ހިންނަށިޔައު. ތިމާގެ ދައްތީއެއި މަންމީއެއި ދެވެރިން އިސްކޫލެ ލާއިއަސް ފަންޑިތަ ހަދަގެން ފޮޓޯނެގިޔައު
.
ދެން މިކުދާ މިހޮއްލާ ހާލިއައް ނިއެނގި ބަސް ހުއްޓިފެއި ތިބެއި އިވެޱެއި އާމިނަތު ގެއު އާއަޑަ. އަވަ ބެޱިން ކަލޯއު އެއައި މަންމީއައު އަވަހައް ގޮސް ފޯނާ އަތިލާގަން އާސް ތެފަންޑިތައި ފޮޓޯ މަންމާއް ދައްކަފެލާއްކެން. އާމިނަތު އާސް ބަދިގޭ ދޮރަމައްތައް އެރި ހެއިލަހައް މި ފުތާ ކޭފި މަންމީއައު ފޯނާ ދެރަފެލާއްކަން ބެޱިމެއި އާމިނަތު އަހަފި ބަލަ ތިމާ ފެނޭކޯ ފޯނާ ހޯދާއު ހިނގަނީ ކިޔަން ކެރާކައްތައު. މިކަލޯ ބެޱި ފޯނާއި ހިށި ފޮޓޯއް މަންމާއް ދައްކާށާއު. އަވަސް ބެޱަފިން ތެ ފޯނާއި ހިށި މާ ވަރަގަދަ ފޮޓޯއްގެ ވާހަކާއު އެކަލޯ މިދައްކަނީ ތިޔާ ދެރަފެއި ހިށުފެލާއްކެން. އާމިނަތު ކޭފި ތިމާކައް ނެތާއު ހިށޭކައް އޭތިކޮށާއު ފާޚާނާއް ވެދަފެއި. މެހެން ކޭފެއި ފޯނާ އަންލޮކް ކޮއްފެއި ކަލޯ އަތައް ފޯނާ ދެރަފެއި ތިމާ އާހެލަހައް ފޯނާ ދޭހެތިޔައު ކޭމުން ކޮޓަރިއެއި ދިމާއު ހެލިގައް
.
އާމިނަތު އެބެގޭމެއި އަވަ ބެޱިން ކަލޯއު އަވަހައް ފަންޑިތާއި ފޮޓޯ މަންމާއް ދައްކަފެލާއްކެން. ބެޱިމެއި ފޯނާން ހޯދަައި ހޯދައި ދެއްގަން އަފަގެ އާމިނަތު ހެދި ފަންޑިތަ އިޔެގެ ކަނެއި ފުތާ އަފިންނައް ދައްކަލި. ބަލަލީކޯ ތެދައް ފަންޑިތާ ހަދަފެއި އޮތީ ހަމަ ފަންނަތުން އެއް ފޮޓޯއި ހިށި ފަންޑިތާއި އެތެރެ އާފަލާއި އޮރެންޖަސް ތިބި. އެނައް ފޮޓޯއި ހިށި ފަންޑިތާއި އާމިނަތުއެއި އާމިނަތުގެ ދިޔެއި ދެވެރިން ތިބީ ހިފަގެން. ދެވެރިން ތިބީ އިހައި ފެޑިގަން އާމިނަތުގެ ދިޔަ ހިށީ އިސްކޫލެ ޔުނީފޯމާސް ލާގަން. ކޮންމިއަކަސް އަފަގެ ދެވެރިން އިހައި އިހައި ބަނޑިތާނކި ގުހުރަސް ނެއް މި އާމިނަތު ހެދި ފަންޑިތަ ބަލަފެއި. އެހެންތާ ވޭޱެއި މި ފަންޑިތާކީ މީ ވޭފެއި އޮއް މުޑޭށައްމެއި. މިއާއި ދިމާއް މިކަލޯ މިކީ ފަންޑިތާއުމެއި. މިޕޯސްޓާއި އެކީ ތެހިށި އާމިނަތު ހެދި ފަންޑިތެއި ފޮޓޯއް. (ނިމެޱެއި)

1 ކޮމެންޓް
Neyge
އޮކްޓޯބަރު 13, 2019
Addu bas noon ehn bahakun liyebala