English Edition
Dhivehi Edition

ދުނިޔޭގެ ވައިގެ ދަތުރުފަތުރާއި ބެހޭ ޖަމިއްޔާ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން (އައިކާއޯ)ގެ ޢާއްމު މަޖިލީހުގައި ރާއްޖޭގެ މިނިސްޓަރަކު 11 އަހަރަށް ފަހުގައި ބައިވެރިވެ ތަގުރީރު ކުރައްވައިފިއެވެ.

މިއަހަރުގެ އައިކާއޯ ސަމިޓްގައި 193 ޤައުމަކުން ބައިވެރިވެފައިވާ އިރު މި ސަމިޓް އޮތީ ކެނެޑާގެ މޮންޓްރިލިއާގައި މިދިޔަ މަހުގެ 24 އިން މިމަހުގެ 4 ގެ ނިޔަލަށެވެ. މި ސަމިޓް ގައި ޤައުމު ތަކުގެ އިސްވެރިންނާއި ވަޒީރުން ވަނީ ބައިވެރިވެފަ އެވެ.

މިއަހަރުގެ އައިކާއޯ ސަމިޓްގައި ދިވެހިރާއްޖެ ތަމްސީލް ކޮށް ވާހަކަ ދައްކާފައިވަނީ ރާއްޖޭގެ ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރ އައިޝަތު ނަހުލާއެވެ. މިނިސްޓަރ ގެ ވާހަކައިގައި ރާއްޖޭގެ އިގްތިސާދު ބިނާވެފައި ވަނީ ފަތުރުވެރިކަމަށް ކަމަށާއި ފަތުރުވެރިން ރާއްޖެއަށް އެންމެ ގިނައިން އަންނަނީ ވައިގެ މަގުން ކަމަށް ވާއިރު ދެމެހެއްޓެނިވި ތަރައްޤީ އަށް އޭވިއޭޝަން ދާއިރާގެ މުހިއްމު ކަމުގެ މައްޗައް މިނިސްޓަރ ވަނީ އަލިއަޅުއްވާލާފައެވެ.