English Edition
Dhivehi Edition

ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކަށް ކުރާ އަނިޔާތައް ހުއްޓުވުމަށް ޚާއްސަ ޤާނޫނެއް ހަދަން ޖެހިފައިވާކަމަށް ޕީޕީއެމްގެ ޕާރލަމެންޓްރީ ގުރޫފުގެ ލީޑަރ އަޙްމަދު ނިހާން ޙުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ޗެނަލް 13 ގެ ނިއުސް ޓޯކް ފްރޮގްރާމްގައި ވާހަކަ ދައްކަމުން ނިހާން ވިދާޅުވީ ޤައުމީ ސަލާމަތީ ބާރުތަކާއި މެދު ބައެއް ފަރާތްތަކުން އަމަލުކުރަނީ ހިތުހުރި ގޮތަކަށްކަމާއި، އެފަރާތްތަކަށް ހިމާޔަށް ދިނުމަށް ޤައުމީ ސަލާމަތާއި ބެހޭ ޤާނޫންނެއް ވަރަށް އަވަހަށް މަޖިލީހަށް ވައްދާނެކަމަށެވެ.

މީގެ ކުރިންވެސް އެކި ޕޯޑިއަމްތަކުގައި ވާހަކަ ދައްކަވަމުން ނިހާން ވަނީ ދިވެހި ފުލުހުންނާއި ސިފައިންނަށް ޖެއްސުންކޮށް ގެއްލުން ދިނުމަށް އިދިކޮޅު ފަރާތްތަކުން އަބަދުވެސް މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވެފައެވެ.

ފުލުހުނާއި ސިފައިންނަކީ ރާއްޖޭގައި އަމަން އަމާންކަމާއި ސުލްޙަމަސްލަހަތު ދެމެހެއްޓުމަށްޓަކައި އެންމެ ބުރަކޮށް މަސައްކަތް ކުރަމުންދާ ފަރާތްތައްކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. އަބަދުވެސް އެއިރެއްގައި އޮންނަ އިދިކޮޅު ފަރާތަކުން ފުލުހުންނާއި ސިފައިނަށް ބޮޑެތި ގެއްލުން ދެމުންގޮސްފައިވެއެވެ. އަދި މިފަހަކަށް އައިސް ޤައުމުގެ ސަލާމަތީ ބާރުތަކަށް ދެމުންގެދާ ހަމަލާތައް އިތުރުވެފައިވާކަން ފާހަގަ ކުރެވެއެވެ.

އެހެންކަމުން މިކަންކަން ހުއްޓުވުމަށް ބަޔަކު މަސައްކަތް ކުރަންޖެހިފައިވާކަމަށް ނިހާން ވިދާޅުވިއެވެ. އަދި ގާނޫނީ ބާރު ދެމެހެއްޓުމަށްޓަކައި ގާނޫނެއް ހަދައި، މިފަދަ އަމަލުތައް ހުއްޓުވެންޖެހޭކަމަށް ވެސް ވިދާޅުވެފައިވެއެވެ. މިފަދަ ޤާނޫނެއް އޮތުމަކީ މުހިއްމުކަމެއްކަމަށް ސަރުކާރުން ވެސް ދެކެއެވެ.

 

ޓެގު