English Edition
Dhivehi Edition

ބޮޑާވެގަތުމަކީ ނިއުމަތްތައް ގެއްލިދާކަމެއް ކަމުގައި މިނިސްޓަރު މަހްލޫފަށް, ވިލިމާލޭ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެއެވެ.

ނިހާން މިހެން ވިދާޅުވީ މިނިސްޓަރު މަހްލޫފް މިއަދު ކުރެއްވި ޓްވީޓަކަށް ރައްދުދެއްވަމުންނެވެ.

މަހްލޫފްގެ ޓްވީޓްގައި ވިދާޅުވެފައވަނީ ވަކި މީހަކަށް ތާއީދު ކުރުމަކީ އަދި ނުކުރުމަކީ މައްސަލައެއް ނޫންކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ އާއި ރައީސް ނަޝީދުގެ ހިޔާލުފުޅުވެސް ތަފާތުވެދާނެކަމަށެވެ.

“އެއީ އެއްބަޔަކު އަނެއް ބަޔަކަށް ވަގަށް ގޮވަންޖެހޭ ކަމެއްނޫން، ތަފާތު ހިޔާލުތަކަށް ޖާގަދޭން ދިވެހިންނަށް ދަސްކޮށްދިނީ އެމްޑީޕީ” މަހްލޫފްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

މަހްލޫފްގެ ޓްވީޓް ނިންމަވާލައްވަމުން ވިދާޅުވެފައިވަނީ ޕީޕީއެމް އަދި ޕީއެންސީގެ ވޯޓު ބޭނުން ނުވާކަމަށެވެ.

މަހްލޫފްގެ ޓްވީޓްއަށް ރައްދުދެއްވަމުން ނިހާން ވިދާޅުވެފައިވަނީ “އިއްޒަތްތެރި ވަޒީރެވެ، ބޮޑާވެގަތުމަކީ ނިއުމަތްތައް ގެއްލިދާކަމެކެވެ”.

ނިހާން އިތުރަށް ވިދާޅުވެފައިވަނީ ޕީޕީއެމް އަދި ޕީއެންސީ މަޖިލީހުގައި މެމްބަރުގެ އަދަދުގެ ގޮތުން މަދުނަމަވެސް އެއީވެސް ރައްޔިތުންގެ އަޑު ކަމަށެވެ.