English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް ތަމްސީލް ކުރައްވަމުން ގެންދާ މެންބަރުންގެ ތެރެއިން އެޕާޓީން ވަކިވުމަށް އެދ ސިޓީފޮނުވައިފައިވާ މެންބަރުންނަށް އަދިވެސް ފުރުސަތު އެބައޮތް ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތް ކަމުގެ ވޯޓުނެގުމަށް މަޖިލީހަށް ހުށަހަޅާފައވާ ގަރާރުގައި ސޮއިކުރައްވާފައިވާ 45 މެންބަރުންގެ ތެރޭގއި ޕީޕީއެމްގެ 10 މެންބަރުން ހިމެނެއެވެ. އެ ދިހަ މެންބަރުންވެސްވަނީ ޕީޕީއެމުން ވަކިކޮށް ދެއްވުމަށް އެދި ސިޓީފޮނުވައިފައެވެ. ސްޕްރީން ކޯޓުން މިހާރު ނިންމާފައިވާ ގޮތުން ޕާޓީ ބަދަލުކުރުމުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭނެއެވެ. މެންބަރުންނަށް އަދިވެސް ފުރުސަތު އޮތްކަމަށް ނިހާން އެވިދާޅުވީ އަލުން ޕާޓީއާ ގުޅިވަޑައިގެންފި ކަމަށްވާނަމަ އެ މެންބަރުންގެ ގޮނޑި ސަލާމަތް ކުރެވޭނެތީއެވެ. ނިހާން ވިދާޅުވީ ދެއަތް ފުޅާކޮށްފައި އެމެންބަރުންނަށް މަރުހަބާ ދަންނަވަން ތައްޔާރަށް ހުންނެވި ކަމަށެވެ. މެންބަރުން ހިތަހަމަ ނުޖެހޭ ކަންކަމާމެދު މަޝްވަރާކޮށް އިސްލާހު ކުރުމުގެ ފުރުސަތު ޕީޖީ ގައި އޮންނާނެ ކަމަށްވެސް ނިހާން ވިދާޅުވިއެވެ. ނިހާޏް މިހެން ވިދާޅުވިޔަސް ބައެއް މެންބަރުން މިހާރު ވިދާޅުވެފައިވަނީ ގޮނޑި ގެއްލުނަސް ދެން ޕީޕީއެމަށް ވަޑައިނުގަންނަވާނެ ކަމަށެވެ.

ޓެގު