English Edition
Dhivehi Edition

އިސްލާމްދީނުގެ ދިފާޢުގައި ވަކާލާތު ކުރުމަކީ ދީން ސިޔާސީ ހަތިޔާރަކަށް ހެދުން ނޫން ކަމަށް ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ރައްޔަތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދީން ސިޔާސީ ހަތިޔާރަކަށް ބޭނުން ކުރަމުންދާ ކަމަށް ސިފަ ކުރައްވާ ޓްވީޓެއް ކުރެއްވާފައިވާ މި ދަނޑިވަޅު ޑރ.ޝަހީމް ކުރެއްވި ޓުވިޓްގައި ވިދާޅުވީ އިސްލާމްދީނުގެ ދިފާޢުގައ ނުވަތަ ނަބިއްޔާ صلى الله عليه وسلم ގެ ދިފާޢުގައި ނުވަތަ ޤުރުއާނުގެ ދިފާޢުގައި ވަކާލާތު ކުރުމަކީ އިސްލާމްދީން ސިޔާސީ ހަތިޔާރަކަށް ހެދުން ނޫން ކަމަށެވެ. އަދި އެއީ ކޮންމެ މުސްލިމަކު ކުރަން ޖެހޭނެ ކަމެއްކަމަށާއި ވަކިން ހާއްސަކޮށް އިލްމްވެރިން ކުރަން ޖެހޭނެ ކަމެއްކަމުގައި ޑރ.ޝަހީމްވަނީ ވިދާޅުވެފައެވެ.

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމްދީނާއި ދެކޮޅު ވާހަކަތައް ހިމަނައިގެން ނެރުނު ރިޕޯޓެއްގެ މައްސަލަ ހޫނުވެފައިވާއިރު މި މައްސަލައާއި ގުޅިގެން ދީނީ އިލްމުވެރިންނާއި ސިޔާސީ ބައެއް ފަރާތްތަކުގެ މެދުގައިވަނީ ބޮޑު ދެބަސްވުމެއް ފެށިފައެވެ.