English Edition
Dhivehi Edition

އައްޑޫސިޓީ ފޭދޫގައި އަލަށް ޢިމާރާތްކުރި “މަސްޖިދުލް ކައުޘަސަރު”، މިނިސްޓަރ އޮފް އިސްލާމިކު އެފެއާޒު ޑރ. އަޙުމަދު ޒާހިރު ޢަލީމިއަދު ހުޅުވައި ދެއްވައިފިއެވެ.

މި ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް އިސްލާމިކު އެފެއާޒު ޑރ. އަޙުމަދު ޒާހިރުގެ އަރިހުގައި ފޭދޫ މެމްބަރ މުޙައްމަދު ނިހާދުއާއި މިނިސްޓްރީއޮފް އިސްލާމިކް އެފެއާރޒްގެ ޑިޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް ޢަބުދުލް ޢަޒީޒް އިސްމާއިލާއި މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ އިބްރާހިމް ޙަސަންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

 

މިސްކިތް ހުޅުވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ވިދާޅުވީ މިސްކިތްތައް ބިނާކުރެއްވުމަކީ ﷲގެ ޙަޟުރަތުން މަތިވެރިވެގެންވާ ސަވާބާއި ދަރުމަ ލިބޭ ކަމެއް ކަމަށެވެ. މިސްކިތް ބިނާކުރާ މީހުންނަށް ސުވަރުގެއިން ގަނޑުވަރެއް ބިނާކޮށްދެއްވާނެ ކަމަށް ޙަދީސްތަކުން އެނގޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މިސްކިތްތައް ހަމައެކަނި ނަމާދުކުރަން ބޭނުން ކުރުމުގެ ބަދަލުގައި ޤުރުއާން ކުލާސްތައް ހިންގުމާއި ދީނީ ނަޞޭޙަތް ދިނުންފަދަ ކަންކަމަށް ބޭނުންކުރަންވެސް މިނިސްޓަރ އިލްތިމާސް ކުރެއްވެވިއެވެ.

މި މިސްކިތަކީ 1950 ވަނަ އަހަރުތަކުގެ ތެރޭގައި ގަމު މީހުން ފޭދުއަށް ބަދަލުކުރި ދުވަސްވަރު އިނގިރޭސީން އަޅައިދީފައިވާ “ކަޅިބިތް މިސްކިތް” ތަޅާލުމަށްފަހު އެބިމުގައި އެޅި މިސްކިތެކެވެ. އައު މިސްކިތް ބިނާ ކޮށްދެއްވީ މަޝްހޫރު ވިޔަފާރިވެރިޔާ ހެޕީމާކެޓު މުޙައްމަދު ނަޢީމެވެ.