ހ. ހާޖަރާގެ ތަޅާލުމުގެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދުމަށް ހައުސިން މިނިސްޓްރީ އިންް އިއުލާނުކޮށްފި އެވެ.
ބާވެ ހަލާކުވުމުގެ ސަބަބުން އާންމުންނަށް ނުރައްކާވާނެ ކަމަށް ބެލެވޭ 11 އިމާރާތުގެ ތެރޭގައި ހިމެނޭ ހ.ހާޖަރާގެ ތަޅާލުމަށް މިއަދު މިނިސްޓްރީ އިން ކުރި އިއުލާނެއްގައި ބުނީ އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ. މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މާދަމާ 9:00 އަށް ހައުސިން މިނިސްޓްރީ އަށް ގޮސް މައުލޫމާތު ސާފު ކުރުމަށް ފަހު އޮކްޓޯބަރު 07 ވަނަ ދުވަހުގެ 1:00 އަށް ބިޑު ހުށަހެޅުމަށް ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
މި މަސައްކަތަށް ހުށަހަޅުއްވާ ޖުމްލަ އަގު 250,000/- (ދެލައްކަ ފަންސާސް ހާސް) ދިވެހި ރުފިޔާއަށްވުރެ ބޮޑުނަމަ، މި މަސައްކަތަށް ބިޑް ސެކިޢުރިޓީގެ ގޮތުގައި 2500/- (ދެހާސް ފަސްސަތޭކަ ރުފިޔާ) ގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަންޖެހޭ ކަމަށް މިނިސްޓްރީން ކުރި އިއުލާންގައިވަނީ ބުނެފައެވެ.
ހ. ހާޖަރާ ގެޔަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުއްގެ ދަށުން ބަދަލު ދިނުމަށް ފަހު ސަރުކާރަށް ނަގާފައިވާ ތަނެއްކަމަށް މިނިސްޓްރީންވަނީ ބުނެފައެވެ.