English Edition
Dhivehi Edition

ހުޅުމީދޫ ސަރުކާރުގެ ހުރިހާ މުއައްސަސާއަކުންނާއި ޖަމްމިއްޔާ ޖަމާއަތްތަކުންވެސް ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަކޮށްފައިވާއިރު މިފަހަރު މި ދުވަސް އެންމެ ތަފާތު ކޮށް ފާހަނގަކޮށްފައިވަނީ ސަދަން ޓްރާންސްޕޯޓު ލިންކް (އެސްޓީއެލް) ގެ ހުޅުމީދޫ މުއައްޒަފުންނެވެ.

29 ސެޕްޓެމްބަރ ގައި ފާހަނގަކުރާ ދުނިޔޭގެ ހިތުގެ ދުވަހުގެ މުނާސަބަތުގައި އެ ކުންފުނީގެ މުއައްޒަފުންވަނީ މުޅި ދުވަހު އެކިއެކި ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. މި ގޮތުން ދުވަހުގެ ހަރަކާތްތައް ފެށުމުގެ ގޮތުން އެސްޓީއެލްގެ މުޅި އިމާރާތް ރަތް ކުލައިންވަނީ ދިއްލާލާފައެވެ. ދުވަހާއި ގުޅޭ ޝިއާރުތަކުންނާއި ރަތް ކުލައިގެ ހިތުން މުޅި ޓާމިނަލް ޒީނަތްތެރިކޮށްފައިވާއިރު ‘އަހަރެންގެ ހިތް،ތިބާގެ ހިތް’ މި ޝިއާރު ދަތުރުވެރިންނަށް ފެންނަ ގޮތަށް އެކި ސަރަހައްދުތަކުގައިވަނީ ބަހައްޓާފައެވެ.

އެ ދުވަހު ހެނދުނު ހުރިހާ މުއައްޒަފުންވެސް ހިގާފައި އޮފީހަށް ހާޒިރުވިއިރު، އޮފީހަށް ހާޒިރުވެފައިވަނީ އެ ދުވަހަށް ހާއްސަކޮށްފައިވާ ރަތްކުލައިގެ ހެދުމުގައެވެ. ދުވަހުގެ މަސައްކަތް ފެށުމުގެ ކުރިން އެސްޓީއެލް ހުޅުމީދޫ ބްރާންޗްގެ ޗީފް މެނޭޖަރ ހުސެން ދީދީ ވަނީ ދުވަހާއި ގުޅޭ ގޮތުން މުއައްޒަފުންނާއި ވާހަކަދައްކާފައެވެ. ހުސެންދީދީގެ ވާހަކައިގައި ދުޅަހެޔޮ ހިތެއްގެ ވެރިޔަކަށްވުމަށްޓަކައި ވެވިދާނެ ވައުދުތަކާއި ބެހޭ ގޮތުން މުއައްޒަފުންނަށްވަނީ މައުލޫމާތުދީފައެވެ. މީގެ އިތުރުން ދުވަހާއި ގުޅިގެން ކުރެވުނު ލުއި ކަސްރަތަށްފަހު ދުވަހުގެ މަސައްކަތް ފެށިގެންދިޔައިރު އެ ކުންފުނީގެ މުއައްޒަފުންވަނީ ހުޅުމީދޫ އެކި ސަރަހައްދުތަކުގައި ދުވަހާއި ގުޅޭ މައުލޫމާތު ބޯޑުތަކާއެކު ގިނަ ބަޔަކަށް ދުވަހާއި ގުޅޭ މައުލޫމަތު ހިއްސާކޮށްފައެވެ. މީގެ އިތުރުން އެ ކުންފުނީގެ މުއައްޒަފުން ހުޅުމީދޫ ސިއްޙީ މަރުކަޒަށް ޒިޔާރަތްކޮށްފައިވާއިރު ހުޅުމީދޫ އެސްޓީއެލް އަކީ މި ދުވަސް މުޅި ސިޓީގައިވެސް އެންމެ ކުލަގަދަކޮށް ފާހަގަކުރި ކުންފުންޏެވެ.