English Edition
Dhivehi Edition

ޓްރާންސްޕޯޓް އޮތޯރިޓީގެ ގިނަ އަދަދެއްގެ މުވައްޒަފުން ކުއްލި ގޮތަކަށް ވަޒީފާ އިން ވަކިކުރުމުގެ ބިރު އުފެދިފައިވާ ކަމަށް ބުނެ އެ އެތޯރިޓީގެ މުއައްޒަފުން ސޮއިކޮށްފައިވާ ޕެޓިޝަނެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅައިފި އެވެ.

އެ ޕެޓިޝަންގައި ގާތްގަނޑަކަށް 50 މުވައްޒަފުން ސޮއިކޮށްފައިވާއިރު މުވައްޒަފުން ބުނެފައި ވަނީ ކުއްލި ގޮތަކަށް އެ މީހުން ވަކިކުރަން ނިންމާފައިވާތީ ކަންބޮޑުވާކަމަށެވެ.އަދި އެއީ، އެތައް އާއިލާއަކަށް ލިބޭނެ ގެއްލުމެއްކަމަށް ބަޔާންކޮށް އެކަން ހުއްޓުވައި ދިނުމަށް ޕެޓިޝަނުގައި އެދިފައިވެއެވެ.

މީގެ އިތުރުން ރައީސަށް ހުށަހެޅި ޕެޓިޝަނުގައި މުއައްޒަފުންވަނީ ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ވެސް އެޕްރައިސަލް ފުރިހަމަކޮށްފައިނުވާކަން ފާހަގަކޮށްފައެވެ. އަދި ނިމިދިޔަ ސަރުކާރުން”އެއްލަކިން ލައިސަންސް”ގެ ނަމުގައި ހިންގި ޕްރޮގްރާމްގައި މުވައްޒަފުން ރޭގަނޑު ވެސް ވަރަށް ދަންވަންދެން މަސައްކަތްކޮށްފައިވާކަން ފާހަނގަކޮށްފައިވާއިރު މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދު ފުރިހަމަކުރަން ވެސް މުވައްޒަފުން ބުރަކޮށް މަސައްކަތް ކުރި ކަން ވަނީ ފާހަނގަކޮށްފައެވެ.