English Edition
Dhivehi Edition

ލ. ގަމުގައި ވައްކަން ކުރި މީހަކު ގަން ހިންގުވި މަައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، ގަމުގައި ވައްކަމުގެ މައްސަލައެއް އިއްޔެ މެންދުރުފަހު، 3:30 އެހާކަންހާއިރު އެ މުއައްސަސާއަށް ރިޕޯޓްކޮށްފައިވާކަމަށެވެ. އަދި މި މައްސަލަ މިހާރު ތަހުޤީގުކުރަމުން އަންނައިރު ވައްކަން ކުރި މީހާ ގަން ހިންގުވި މައްސަލަވެސް މިހާރު ބަލަމުންދާކަމަށް ފުލުހުންވަނީ ބުނެފައެވެ.

ގަމުގައި ވައްކަން ކުރި މީހާ ގަން ހިންގާ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އަންނައިރު ފަހަކަށް އައިސް ބައެއް ރަށްތަކުގައި ރައްޔިތުން ނިކުމެ، ވައްކަން ކުރާ މީހުން ގަން ހިންގުވާ، ފުލުހުންނާ ހަވާލު ކުރުން ފަދަ ކަންތައްތައް ދަނީ ކުރަމުންނެވެ.

ޓެގު