English Edition
Dhivehi Edition

މޯލްޑިވްސް ޕޮލިސް ސާވިސް އާއި ކެރެކްޝަނަލް އިން ހިންގި އޮޕަރޭޝަނެއްގައި ރޭ މާފުށީ ޖަލަށް ގިނަ އަދަދެއްގެ ސާމާނު ވައްދަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނި ގޮތުގައި، ހައްޔަރުކުރި މީހުންގެ އަތުން 72 ފޯނާއި، 07 ސިމް ކާޑާއި، 62 ޗާޖަރާއި، 39 ޔޫއެސްބީ ޑްރައިވް، އާއި 22 ހެޑްސެޓާއި، 05 އެޑަޕްޓަރުގެ އިތުރުން 05 ނިޔަފަތި ކަނޑާ ދައްޗާއި، 05 ފުޅި ސުޕަ ގްލޫ އާއި، 03 ވަޅި އާއި، 02 ފޮށި ކަޓަރު ތިލަ އަދި 12 ކީސްތިލަ އަތުލައިގެންފައިވާކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވާ 21 އަހަރުގެ ފިރިހެން މީހާ ތަހުގީގަށް ބަންދުގައި ބަހައްޓަން 10 ދުވަސް ދީފައިވާއިރު 26 އަހަރުގެ ފިރިހެން މީހާގެ ބަންދަށް 15 ދުވަސް ވަނީ ދީފަ އެވެ.