އިސްލާމްދީނުގައި ވަރިކުރުމުގެ ހުއްދަލިބިފައިވަނީ ހަމަ އެކަނި ފިރިމީހާއަށެވެ. އެހެން ކަމުން އަންހެނަކު ވަރިވާން ބޭނުންވާ ހާލަތެއްގައި އެކަށީގެންވާ ސަބަބު ނުދެއްކޭނަމަ ފިރިމީހާ ވަރި ނުކުރަހާ ހިނދަކު ވަރިވެވޭނެ އެއްވެސް ގޮތެއް ނޯވެއެވެ.
ސައުދި އަރަބިއްޔާގެ އަންހެނަކު އޭނަގެ ފިރިމީކައިރިން ވަރިވާން އެތައްފަހަރަކު އެދުމުންވެސް ވަރިނުކުރުމުން ފިރިމީހާ ނިދާފައި އޮއްވާ ފޯން އަންލޮކް ކޮއްގެން އޭނަގެ އަމިއްލަ ފޯނަށް “އައި ޑިވޯސް ޔޫ” މިހެން ޖަހާފައި 3 މެސެޖް ފޮނުވިއެވެ. މިއަންހެން މީހާ ބުނާގޮތުން އޭނަ ފިރިމީހާ އާއި އެކުއުޅުނު 3 އަހަރަކީ އޭނަގެ ހަޔާތުގައި ބާކީވެދިޔަ ބޭކާރުދުވަސްތަކެކެވެ. އެހެންކަމުން އޭނަ ބޭނުންވީ އަމިއްލައަށް މިކަންތަކުން ސަލާމަތްވާނެ ގޮތް އަވަހަށް ހޯދާށެވެ.
މިހާދިސާ އެނަގެ ފިރިމީހާ އަށް އެނގުމުން އޭނަވަނީ ވަރި އަވަހަށް ސާބިތު ކުރުމުގެ ބަދަލުގައި ވަރީގެ ކަންތައް ވީހާވެސް ލަސްކޮށް ގެންދެވޭނެހާ މަގުހޯދައިފައެވެ. މިމައްސަލަ ލަސްކޮށް ކުރިއަށް ގެންދަން ފިރިހެން މީހާ ބޭނުންވަނީ އެ އަންހެންމީހާ އަށް ލަނޑުދިނުމުގެ ބޭނުމުގައި ކަމަށް ލަފާކުރެވވޭކަމަށް ސައުދި އަރަބިއްޔާގެ މީޑިއާއިން ރިޕޯޓްކޮށްފައި ވެއެވެ.
ވަޜީގެ ކަންތަކާ ބެހޭ ރޮވާޑް އެޑޮވޮކޭޓްސްގެ ލީގަލް ކޮންސަލްޓެންޓެއް ކަމަށްވާ ހަސަން މޮހޮސިން ބުނީ، ވަރިކޮށްފިކަމަށްބުނެ ފޮނުވާ މެސެޖްތައް އީމެއިލް، ފޯންމެސްޖް، އަދި ވަޓްސްއަޕް މެސެޖް ތަކުން ފޮނުވައިގެންވެސް ވަރިކުރި ކަމަށް ބެލެވޭނެ ކަމަށެވެ. އަދި އާންމުކޮށް މިހާރު މީހުން ސޯޝަލް މީޑިއާ މެދުވެރިކޮށް މެސެޖްފޮނުވައި ވަރިކުރުމަކީ އާންމުކަމެއް ކަމަށެވެ.
އެހެންނަމަވެސް މިފަދަ ފޯން މެސެޖްތައްވެސް ޕްރިންޓްކޮށްފައި ހެއްކެއްގެ ގޮތުގައި ވަރީގެ ޑޮކިއުމެންޓްސް ތަކާއެކު ކޯޓަށްހުށަހެޅުމަކީ ކުރަންޖެހޭ ކަމެކެވެ. އަދި ކައިވެނި ކޮށްގެން އުޅުނު މުއްދަތުަގއި ފިރިމީހާގެ ފަރާތުން ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ލިބިފައިވާ ނަމަ އެކަން ސާބިތު ކޮށް ހެއްކާއި މެޑިކަލް ރިޕޯޓްގެ އިތުރުން ފޯނުން ވަރިކޮށްފައިވާ ކަމުގެ ލިޔުން ހުށަހެޅުމުން ދުބާއީގެ ކޯޓުންވެސް ވަރިސާބިތުކޮށްދޭ ކަމަށް މޮހޮސިން ބުނެފައިވެއެވެ.
މިހަދިސައަށްފަހު މިއަންހެންމީހާ ގެ ވަރިސާބިތު ވެފައިވާކަމެއް ނުވަތަ ނުވާކަމެއް އެނގިފައި ނުވެއެވެ.