އިންޑޮނޭޝިއާގެ ދެމަފިރިޔަކަށް ދުވާލެއްގެ މައްޗަށް ލިބޭ މަދު ފައިސާ ކޮޅުން ގޭގެ ހަރަދުތައް އެންމެ ރަނގަޅަށް ނުބެލެހެއްޓެއެވެ. މިދެ މަފިރީންނަށް ލިބިފައިވާ އަންހެން ދަރިފުޅަށް ރަނގަޅު ކާނާ ހޯދައި ބުއްފުޅި ގިރާލާނެ ކިރުދަޅު ގަނެލާނެހާ ފައިސާއެއް އަތުގައި ނޯވެއެވެ.
އަނީތާ އަދި ސަރަފުއްދިިން ގެ ތުއްތު ދަރިފުޅު ހަދީޖާ އަށް ކޮންމެ ދުވަހަކު 3 އިރު ބުއްފުޅިދޭއިރު ކިރު ނުލިބުމުން ދެނީ ކަޅުކޮފީ އެވެ. މިގޮތަށް ކޮންމެ ދުވަހަކު 1.5ލީޓަރުގެ ކަޅުކޮފީ ދަރިފުޅަށް ދެވޭކަމަށް އަނީތާ ބުންޏެވެ.
އިންޑޮނޭޝިއާގެ ލޯކަލް މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ތުއްތު ކުއްޖާ އަށް ހަ މަހުން ފެށިގެން ދެމުން ގެންދަނީ ކަޅުކޮފީއެވެ. މިހާރު ދަރިފުޅަށް 14 މަސްވެއްޖެއެވެ. ކޮފީއަކީ ތުއްތު ކުދިންގެ ސިއްޙަތަށް ގެއްލުން ހުރި އެއްޗެއް ނަމަވެސް މިކުއްޖާ ބެލި ޑޮކްޓަރުން ބުނެފައިވަނީ ކުއްޖާ އަށް ސިއްޙީ އެއްވެސް މައްސަލައެއް ދިމާވެފައި ނުވާކަމަށާއި އާދައިގެ ކުއްޖަކާ އެއްވަރަށް މިކުއްޖާގެ ސިއްޙަތު ރަނގަޅު ކަމަށެވެ.
މިމައްސަލާގައި އަނީތާ ދިން ސްޓޭޓްމެންޓެއްގައި އޭނާ ބުނީ އެދެމަފިރިންނަށް ދުވާލެއްގެ މައްޗަށް ލިބެނީ އެންމެ 1.42 ޑޮލަރު ކަމަށެވެ. އޭގެން ގޭގެ އެކި ހަރަދު ބަލަހައްޓާފައި ދަރިފުޅަށް ދޭން ރަނގަޅުކާނާ ގަންނާނެ ފައިސާއެއް ނޯވެއެވެ. ދަރިފުޅަށް ކޮފީ ކޮންމެ ދުވަހަކު ދިންނަމަވެސް އޭނަގެ އެއްވެސް ސިއްޙީ މައްސަލައެއް ހުންނަ ކަމަށް ފާހަނގަ ނުކުރެވުވޭކަމަށް އަނީތާ ބުންޏެވެ.ނަމަވެސް ބައެއް ރޭރޭ ދަރިފުޅަށް ނިދަން އުނދަގޫ ވާކަމަށް އަނީތާ ބުނެޏެވެ.
މީގެ އިތުރުން އަނީތާ ބުނީ ލޯކަލް އޮތޯރިޓީ ތަކުން ދުވަހަކުވެސް އޭނައަށް އެހީތރެިކަމުގެ އަތެއްފޯރުވާފައި ނުވާކަމަށެވެ. މި މައްސަލަ މިހާރު އިންޑޮނޭޝިއާގެ ޕޮލެވަލި މަންޑަރ ހެލްތް އެޖެންސީގެ ސަމާލުކަށް އައިސް އެމީހުން ވަނީ މިކުޑައާއިލާ އަށް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ. އަދި މި އެޖެންސީ އިން ވަނީ ދަރިފުޅަށް ކޮފީ ދިނުން ހުއްޓާލުމަށް އެދި އނަީތާ އަށް ނަސޭހަތްތެރި ވެފައެވެ.