English Edition
Dhivehi Edition
ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ބައްދަލުވުމެއްގެ ތެރެއިން

 

ކުޅުދުއްފުށީ އަމީރު އަމީން ސްކޫލުގައި އިންޑިޔާއަށް ނިސްބަތްވާ ޓީޗަރުންތަކެއް ހިންދޫ ދީނުގެ ދީނީ ޙަފްލާއެއް ބޭއްވި ކަމަށް ބައެއް ފަރާތްތަކުން މީޑިއާގައި އަޑު ފަތުރަމުންދާތީ އެކަން ކުޅުދުއްފުށީ ކައުންސިލުން ދޮގުކޮށްފިއެވެ.

ކުޅުދުއްފުށީ ކައުންސިލުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ އެފަދަ ދީނާ ޚިލާފް އެއްވެސް ކަމެއް ސްކޫލްގައި ހިނގާފައި ނުވާ ކަމަށާޢި ސްކޫލާއި ބެހޭ ގޮތުން އެކި އެކި ފަރާތްތަކުން މީޑިއާ ގައި ދައްކަމުންދާ ވާހަކަ ތަކަކީ އެއްވެސް ޙާލަތެއްގައި އެކަމުގައި ތެދު އެކުލެވޭ ވާހަކަ ތަކެއް ނޫން ކަމަށެވެ.

ކުޅުދުއްފުށީގައި މަސައްކަތްކުރާ އިންޑިޔާގެ ޓީޗަރުން ތަކެއް އިސްނަގައިގެން ބޭއްވި އެ ޙަފްލާ ކުރިއަށް ގެންގޮސްފައިވަނީ ސްކޫލްގެ ހުއްދައާއެކު ކަމަށް ކައުންސިލުން ބުނެއެވެ. ސްކޫލުން ހުއްދަ ދިނީ އިސްލާމް ދިނާ ފުށު އަރާގޮތަށް ޙަރަކާތްތައް ނުހިންގުމަށް އަންގައި މިފަދަ ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން ލިޔުމަކުން ހޯދުމަށްފަހުގައި ކަމަށާއި މި ޙަފްލާގެ މަޤްޞަދަކަށް ވެފައިއޮތީ ޓީޗަރުން ތަކެއް އެއްތަނަކަށް އެއްވެ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމާއެކު ކެއުމެއް ބެއްވުން ކަމަށްވެސް ކުޅުދެއްފުށީ ކައުންސިލުން ބުނެފައި ވެއެވެ.

 

އިސްލާމްދީނުގެ އަޤީދާ އާއި ފުށުއަރާ ކަންކަން ރާއްޖޭގައި ކުރުމާއި އެހެން ދީންތަކުގެ ޝިއާރުތައް ފާޅުކުރުމާއި ހަފްލާތައް ބޭއްވުމަކީ، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ޤާނޫނާއި ޚިލާފު ކަމެކެވެ.

މިދިޔަ ހުކުރު ދުވަހު އެސްކޫލްގައި ފާހަގަކޮށްފައި ވަނީ އިންޑިއާގެ ހިންދޫން ފާހަގަކުރާ ފެސްޓިވަލެއް ކަމަށްވާ “އޮނަމް ފެސްޓިވަލް” ކަމަށް މީޑިއާގައި އަޑު ފެތުރިފައި ވެއެވެ. މިއީ ހިންދޫން އެންމެ ކުލަގަދަކޮށް ފާހަގަކުރާ ތިން ފެސްޓިވަލްގެ ތެރެއިން އެއް ފެސްޓިވަލެވެ.