English Edition
Dhivehi Edition

ކުޅުދުއްފުށި ސިޓީން ފިރިހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ކުރި ޕޯސްޓެއްގައި ބުނީ، ހޯދަމުން ދަނީ އުމުރުން 39 އަހަރުގެ އަބްދުﷲ އިބްރާހީމް ކަމަށެވެ. އޭނާ ގެއްލިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އިއްޔެއެވެ.

އާއިލާ އާ ހަވާލާދީ ފުލުހުން ބުނީ އަބްދުﷲ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައިކަމަށެވެ.

އެހެންކަމުން އޭނާގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ކުޅުދުއްފުށި ފުލުހުންގެ އިދާރާ އަށް (9791382)، ނުވަތަ ފުލުހުންގެ ހޮޓްލައިނަށް (3322111) ގުޅުމަށް ފުލުހުން އެދެއެވެ.