English Edition
Dhivehi Edition

ނިދީގައި އަންހެނަކު 2.4 ކެރެޓު ޖަވާހިރު އަނގޮޓިއެއް ކާލައިފި އެވެ. ކެލިފޯނިއާގައި ހިނގި މި ހާދިސާގައި އަނގޮޓި ކާލާފައި ވަނީ އުމުރުން 29 އަހަރުގެ ޖެންނާ އިވަންސް އޭ ކިޔާ އަންހެނެކެވެ.

ޖެންނާ، މި އަނގޮޓި ކާލީ ޓްރެއިން އެއްގެ ތެރޭގައި އޭނާގެ ލޯބިވެރިޔާ، ބޮބީ އޭނާއަށް މި އަނގޮޓި ދީ ޕްރޮޕޯޒްކުރިތަނާހެން ބަޔަކު އައިސް ޖެންނާ އަތުން އެ އަނގޮޓި ހޯދަން އުޅުމުންނެވެ.

ޖެންނާ އަށް މި ހުވަފެނުން ހޭލެވުނު އިރު އޭނާ އޮތީ ކެލިފޯނިޔާގައި ހުންނަ އޭނާގެ ގޭގެ އެނދުގައި އެވެ. އަދި އަތުގައި އޮތް އަގުބޮޑު އަނގޮޓި އޮތްތޯ ބެލިއިރު އަނގޮޓި ނެތެވެ. ބޮބީ އަށް މި ހުވަފެނުގެ ވާހަކަ ކިޔައިދީ ދެމީހުން ވަގުތުން ދިޔައީ ހޮސްޕިޓަލަށެވެ

.

ޑޮކްޓަރުން ވަގުތުން ޖެންނާގެ ބަނޑުގެ އެކްސްރޭ އެއް ނެގިއިރު 2.4 ކެރޮޓުގެ އަނގޮޓި ރީއްޗަށް ފެންނަން އޮތެވެ. އަދި ޑޮކްޓަރުން ލަފާދެއްވި އަނގޮޓި ނަގަން ސާޖަރީއެއް ކުރުމަށެވެ. ސާޖަރީކޮށް އަގޮޓި ނެގުމަށް ޑޮކްޓަރު ލަފާދީފައިވަނީ ފާހާނާކޮށް އަންނައިރު މާ ރިސްކު ބޮޑުވާނެތީކަމަށް ޑޮކްޓަރުވަނީ ބުނެފައެވެ. .

އޭބީސީ ނިއުސްއަށް މައުލޫމާތު ދެމުން ޖެންނާ ބުނީ އޭނާ އަށް އެ އަނގޮޓި ލިބުނީ ވަރަށް ދިގު އިންތިޒާރަކަށް ފަހުގައި ކަމަށާއި އޭނާ ބޮބީ އާއި ކައިވެނި ކުރަން ތާއްޔާރަށް ހުރި ކަމަށެވެ. .

ނިދީގައި އެކިއެކި ކަންކަން ކުރާ މީހުން ވަރަށް ގިނައެވެ. އަދި މިކަހަލަ އެތައް ކަމެއް ކޮންމެ ދުވަހަކު ހިނގަައެވެ.