English Edition
Dhivehi Edition

އެމެރިކާގެ ކެލިފޯނިއާގެ އެކި ސަރަހައްދު ތަކުގައި ރޯވެ އަނދަމުންދާ އަލިފާންގަނޑުގެ ސަބަބުން 40 މީހުން މަރުވެއްޖެއެވެ.

ކެލިފޯނިއާގެ ތާރީހުގައިވެސް ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިޘާގައި މިހާތަނަށް 40 މީހަކު މަރުވެފައި ވާކަން ޔަގީން ވަނީ ޔަގީން ކުރެވިފައެވެ. މީގެ އިތުރުން އަދިވެސް އެތަށް ސަތޭކަ ބަޔަކު ވީތަނެއް ނޭނގި ވަނީ ގެއްލިފައެވެ.

މިހާރު ކެލިފޯނިއާ ސްޓޭޓުގައި ރޯވެ އަަނދަމުންދާ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް 10000 އަށް ވުރެ ގިނަ އަލިފާން ނިއްވާ މިހުން ހަރަކާތްތެރި ވަމުން އެބަދެއެވެ. އެމީހުން ދަނީ އެކި ސަރަހައްދު ތަކުގައި ރޯވެފައިވާ 16 ބޮޑު އަލިފާންގަނޑު ކޮންޓްރޯލް ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ.

މި އަލިފާނުގެ ސަބަބުން މިދިޔަ 7 ދުވަހުގެ ތެރޭގައި 86000 ހެކްޓަރު ވަނީ އެއްކޮށް އަނދާފައެވެ.

އަލިފާނުގެ ސަބަބުން 100000 މީހުންގެ ގެދޮރު ވަނީ ގެއްލި ނުވަތަ އުޅޭ ސަރަހައްދު ނޫން އެހެން ސަރަހައްދަކަށް ބަދަލު ކޮއްފައެވެ.

ކެލިފޯނިއާ ސްޓޭޓުގެ ގަވަރުނަރު ޖެރީ ބްރައުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިކަމާ ގުޅިގެން ވިދާޅުވެފައިވަނީ މިއީ މިހާތަަނަށް ކެލިފޯނިއާއިން ކުރިމަތިލާން ޖެހުނު އެންމެ ބޮޑު އެއް ކާރިޘާ ކަމަށެވެ. އެނާ އިތުރަށް ވިދާޅުވި ގޮތުގައި މިއީ އެއްވެސް މީހަކު ހީވެސް ނުކުރާ ފަދަ ބިރުވެރި އަދި ބޮޑު ގެއްލުމެއް ކަަމަށެވެ.

އަލިފާނުގެ ސަބަބުން 5700 ގެދޮރު ނުވަތަ އިމާރަތަށް ވަނީ ގެއްލުންވެފައިވާއިރު ކަމާ ބެހޭ ފަރާތްތަކުން ބުނަނީ ވައި ހުރިގޮތުން އަލިފާންގަނޑު ކޮންޓްރޯލު ކުރުމަށް ދަތިވާ ކަމަށެވެ. ވަައިގެ ސަބަބުން އަލިފާނގަނޑު ދަނީ ކޮނޓްރޯލު ނުވެ ބޮޑު ބަޔަކަށް ފެތުރެމުންނެވެ.