English Edition
Dhivehi Edition

ސުޕްރީމްކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ކުރީގެ އެޓާރނީ ޖެނެރަލް ދިޔާނާ ސައީދު ގެ ނަން ޖުޑިޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ) ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަށް ލަފާފުޅު އަރުވައިފި އެވެ.

ޖުޑިޝަލް ސަރވިސް ކޮމިޝަނުން މިއަދު ރައީސް ސޯލިހް އަށް އެރުވި ލަފާފުޅުގައި ވަނީ ސުޕްރީމްކޯޓުގެ ފަނޑިޔާރު ކަމަށް ދެން އެންމެ އިސްކަންޖޭއެސްސީން ދޭ ފަރާތަކީ މަހާޒު އަލީ ޒާހިރުގެ ނަންފުޅެވެ.

ސުޕްރީމްކޯޓަށް ދާދި ފަހުން ވަނީ އަންހެން ދެ ފަނޑިޔާރުން އައްޔަން ކޮށްފައެވެ. މިހާރު ސުޕްރީމްކޯޓުގައި ހުސްވެފައިވަނީ އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ފަނޑިޔާރުކަމުގެ ގޮނޑިއެވެ.

ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި މިހާރު ތިއްބެވީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު އާއި ފަނޑިޔާރު އަބްދުﷲ އަރީފްގެ އާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އާއި ފަނޑިޔާރު އައިޝާ ޝުޖޫނު ގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އެވެ.