English Edition
Dhivehi Edition

ދިރުމެއް އޮތްނަމަ އުއްމީދެއް އޮންނާނެ ކަމަށާއި، މިހާރު ގައުމަށް ދިމާވެފައި މިއޮތް ހާލަތު ބަދަލު ކުރެވޭނެ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަތަކަށް މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ރައްދު ދެއްވައިފިއެވެ.

ޕީޕީއެމް އިން ބޭއްވި އެއްވުމުގައި ރައީސް ޔާމީން ދެއްކެވި ވަހަކަތަކާއި ގުޅިގެން ރޮޒައިނާ ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ މިހާރު އޮތް ހާލަތަކީ ރައްޔަތުންނަށް ހަމަނޭވާލެވޭ ހާލަތު ކަމަށެވެ. އަދި މިހާލަތު ގެނައުމަށް ރައްޔަތުން އެތައް ގުރުބާނީ އެއްވެފައިވާ ކަމަށް ރޮޒައިނާ ވަނީ ވިދާޅުވެފައެވެ.” ކޮން ހާލަތަކަށް ބަދަލުނުކުރެއްވިގެން ތޯ ތި އުޅުއްވަނީ؟ އަނެއްކާވެސް ވައްކަމާއި ކޮރަޕްޝަނާއި އަނިޔާވެރިކަން ނުގެނެވިގެން ފަޔަށް ހިނި އެރީތޯ؟ ރޮޒައިނާ ކުރެއްވި ޓުވިޓްގައިވަނީ ސުވާލުކުރައްވާފައެވެ.

ރޮޒައިނާގެ މި ސުވާލުތަކާއި ގުޅިގެން ޕީޕީއެމް އިން އަދި ވަކި ޖަވާބެއް ދީފައި ނުވާއިރު މިމަހުގެ 12 ވަނަ ދުވަހު ޕީޕީއެމް ބޭއްވި އެއްވުމުގައި ޔާމީން ވިދާޅުވީ ގައުމުގެ ތަރައްޤީގެ މަޝްރޫޢުތައް މިއަދު ވަނީ މަޑުޖެހިފައި ކަމަށާއި އަބަދުވެސް ސަރުކާރުން ވިދާޅުވަނީ ތަރައްޤީގެ މަޝްރޫޢުތައް އަންނަނީ، އަންނަނީއޭ.ދެން ރައްޔިތުންގެ ގާތައް މިއަންނަނީ ހިނި ކަމަށެވެ.